އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ވިޔަފާރިވެރިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ނައިފަރުގައި ކުރިއަށް ގެންގޮސްފި

5 months ago

އިބްރާހިމް ޢަލީ

ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ނައިފަރުގެ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނައިފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މި ޖޫން މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރުން އާންމުވެފައިވާތީ އެފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތުދީފައިވެއެވެ. އަދި އެގޮތަށް ގުޅާ ފަރާތްތަކުގެ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި، މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ކޯވިޑް 19 އާ ގުޅިގެން ރަށް މޮނިޓަރިންގއަށް ލާފައިވުމާއެކު އާއްމުންނަށް ހިދުމަތް ދިނުމުގައި ވިސްނަންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، އާއްމު ރައްޔިތުން ބޭރަށް ނުކުމެ އުޅުން މަދު ދުވަސްވަރެއްކަމުން ވިޔަފާރިކުރާ ތަންތަނަށް އަމާޒުކޮށްގެން ހިންގާ ކަންކަން މަދުކުރުމަށް އެ ތަންތަނުގެ ސެކިއުރިޓީ ހުރި ނެތްގޮތް ބަލައި ސީސީޓީވީ ކެމެރާ ނެތް ތަންތަން ފާހަގަކޮށް އެ ތަންތަނުގައި ކެމެރާ ހަރުކުރުމަށް އިރުޝާދުދީ އަދި އިތުރަށް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު