އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

މާލެ-ތިލަފުށި ބްރިޖު މަސައްކަތް 2 ހަފްތާގެ ތެރޭގައި ބަޔަކާ ޙަވާލުކުރަނީ

5 months ago

އިބްރާހިމް ޢަލީ

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލުމަށް އަޅާ ބްރިޖުގެ  މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ދެއްކެވި ވާހަކަ ފުޅުގައެވެ.  ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ހަވާލު ކުރާނެ ކުންފުންޏެއް ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ-ތިލަމާލެ ބްރިޖް މަސައްކަތަށް ކޮންޓްރެކްޓަރުންނަށް ބިޑު ހުށައެޅޭނެ ފަހު ދުވަހަކީ މާދަމާ  އެވެ. މި މަޝްރޫއުގެ ޕްރީ-ޓެންޑަރިން މަރުހަލާގެ ތެރެއިން މި މަސައްކަތް ކުރުމުގެ ގާބިލިއްޔަތު ހުރި ހަތަރު ކުންފުންޏެއް ވަނީ ހޮވާފަ އެވެ. ބިޑު ހުށައެޅޭނީ މި ހަތަރު ކުންފުންޏަށް އެކަންޏެވެ. މި ހަތަރު ކުންފުންޏަކީވެސް އިންޑިއާގެ ކުންފުނިތަކެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ ދިވެހި ސަރުކާރުން ހިޔާރުކޮށްފައިވާ އިނގިރޭސިވިލާތާއި ހޮންގްކޮންގެ ކުންފުންޏެކެވެ.

މިމަޝްރޫޢަކީ 67 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ ގޮތަށް މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖަކާއެކު ހެދުމަށް ނިންމާފައިވާ މަޝްރޫޢެކެވެ. މި ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.


ކިޔުންތެރިންގެ ހިޔާލު