އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

އިންސާނުން އުފައްދަވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި- ހުކުރު ޚުތުބާ

3 months ago

އިބްރާހިމް ޢަލީ

މާތް ﷲ އިންސާނުން އުފައްދަވާފައި ވަނީ، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުން މިމައުޟޫޢަށް ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުގައި އިއްވި ހުކުރުޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ އިންސާނުން ހައްދަވާފައިވަނީ އެކަކު އަނެކަކަށް އެހީތެރިކަމާއި، މަދަދަށް ބޭނުންވާ ފަދަ ގޮތަކަށްކަމާއި އެހެންކަމުން ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއްކަމަސެވެ. ވުމާއެކު، މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހެއެވެ. އެފަދަ ވަގުތުތަކުގައި އެ މީހުންނަށް އެހީތެރިވެ، އަޅާލުމަކީ އަޅުގަ ނޑުމެންގެ މައްޗަށް ވާޖިބު ކަމެކެވެ. މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މުއުމިނުންގެ ސިފައެކެވެ.

މިއަދުގެ ހުކުރު ޚުތުބާގައިވާ ފާހަގަކޮށްފައިވާގޮތުން މިއަދު އަޅުގަ ނޑުމެންނަށް މެދުވެރިވެފައި މިވާ ކޮވިޑް 21 ގެ ޙާލަތުން އަރައިގަނެވެން އޮތީ، މާތް ނަބިއްޔާ ސ.އ.ވ ގެ މިތުރު އަޞްޙާބުން ފަދައިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެ، ވާގިވެރި ވެގެންނެވެ.

އެގޮތުން ތިމާއާއި، އަނެކުންގެ ރައްކާތެރިކަމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިޙްތިރާމްކޮށް، އެކަމުގައި އެފަރާތްތަކަށް އެހީތެރިވެ އަތްދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުމާއި، މާސްކު އެޅުން ފަދަ ކަންކަމުގައި އެކަކު އަނެކަކަށް ވާގިވެރިވުމަށް ނަޞޭޙަތްތެރިވެފައިވެއެވެ. އަދި މިނުރައްކާތެރި ވަބާއިން ސަލާމަތް ކޮށްދެއްވުން އެދި، ﷲ ގެ ޙަޟްރަތުގައި ކުރެވޭ ދުޢާގައި މުސްލިމް އަޚުންނާއި އުޚްތުން ޝާމިލުކޮށް، އެބައިމީހުންނަށް އަޅާލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަދާންކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު