އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ރާއްޖެ ސީރިޔާ ބައްދަލުކުރާމެޗް މާދަމާ ރޭ 9:00 ގައި

2 weeks ago

އިބްރާހިމް ޢަލީ

ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ހިމެނޭ ރާއްޖެއާއި ސީރިއާ ބައްދަލުކުރާ މެޗް މާދަމާރޭ އޮންނާނެއެވެ.

މި މެޗު ފަށާނީ ރާއްޖެގަޑިން ހުކުރުދުވަހުގެ ރޭ 21:00 ގައެވެ. މިމެޗް ކުޅޭނީ ދުބާޢީގައެވެ. އެހެންނަމަވެސް ކުރިން މިގުރޫއްޕުގެ މެޗްތައް ކުޅެން ހަމަޖެހިފައި އޮތީ ޗައިނާގައެވެ.

ރާއްޖެ ކުޅޭ ދެވަނަމެޗް މި މަހު 11 ވަނަ ދުވަހު ކުޅޭނެއެވެ. ބައްދަލުކުރާނީ ޗައިނާއާއެކުއެވެ. ކުޅެން ފަށާނީ ރާއްޖެ ގަޑިން 22:00 ގަ އެވެ. އަދި ފަހު މެޗުގައި މި މަހު 15 ވަަނަ ދުވަހު ފިިލިޕީންސާ ދެކޮޅަށް ކުޅޭނެއެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 4 ޖަހާއިރު އެވެ.

މި މުބާރާތަށް ތައްޔާރުވުމަށް  ގައުމީ ޓީމު ވަނީ ދުބާއިގައި ކޭމްޕުކޮށްފަައެވެ. 

ކިޔުންތެރިންގެ ހިޔާލު