އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

2 weeks ago

އިބްރާހިމް ޢަލީ

ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާ މިހާރު އިޢުލާންކޮށްފައިވާ 16 ރަށް ބީލަން ހުށަހެޅުމުގެ މުއްދަތު ޓޫރިޒަމް މިނިސްޓްރީން އިތުރުކޮށްފިއެވެ. މިހާރު ބީލަށް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ނިޔަލަށް ކަމަށެވެ.

ބީލަން ފޮތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ރިސޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުގެ ދެރަށާއި ހދ. އަތޮޅުގެ އެއް ރަށަކާއި މ. އަތޮޅުގެ ދެރަށަކާއި ތ. އަތޮޅުގެ ތިން ރަށަކާއި ލ. އަތޮޅުގެ ތިން ރަށަކާއި ގއ. ގެ ދެރަށަކާއި ގދ. ގެ ތިން ރަށް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިގޮތަށް ނިންމީ ކޮވިޑް-19ގެ ސަބަބުން އިންވެސްޓަރުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ކަމަށްވާ ދަތުރުފަތުރުގެ ދަތިކަމާއި ގައުމުތަކުގެ ބޯޑަރު ބަންދުކުރުން ފަދަ ކަންކަމުގެ ސަބަބުންނެވެ. 


ކިޔުންތެރިންގެ ހިޔާލު