އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

"މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ" އުވައިލައްވައި، "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓު"ގެ ނަން "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ"ގެ ނަމަށް ބަދަލުކުރެއްވުން

1 month ago

އިބްރާހިމް ޢަލީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ" މިއަދު އުވައިލައްވައި، "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓު"ގެ ނަން "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ"ގެ ނަމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ އުވައިލެއްވުމާ ގުޅިގެން، މިހައިތަނަށް އެ މިނިސްޓްރީން ކުރައްވަމުންގެންދެވި، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނާބެހޭ އެންމެހައި މަސައްކަތްތަކާއި ސައެންސް އެންޑް ޓެކްނޯލޮޖީއާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާބެހޭ އެންމެހައި މަސައްކަތްތައް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ހަމަޖައްސަވާފައި އޮތް ނަންބަރު 438 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަސައްކަތްތައް މި ދެންނެވުމާއެކު އެވަނީއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަސައްކަތްތައް

1. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާބެހޭ ރޮނގުތަކުންނާއި، ފެނާއި، ނަޖިހާއި، ނަރުދަމާއާއި، މީޓިއޮރޮލޮޖީއާއި، ޓެކްނޯލޮޖީއާއި، ސައެންސާއި، ކޮމިއުނިކޭޝަނާބެހޭ ސިޔާސަތު ކަނޑައަޅައި ހިންގުން.

2. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާބެހޭ ރޮނގުތަކުންނާއި، ފެނާއި، ނަޖިހާއި، ނަރުދަމާއާއި، މީޓިއޮރޮލޮޖީއާއި، ޓެކްނޯލޮޖީއާއި، ސައެންސާއި، ކޮމިއުނިކޭޝަނާބެހޭޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ހަދައި ހިންގުން.

3. ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ރާއްޖޭގައި ހަކަތައާއި، ފެނާއި، ނަރުދަމާއާއި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ސްޓްރެޓީޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުން.

4. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީއާބެހޭ މަޝްރޫޢުތަކުގެ ކޮންސެޕްޓް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

5. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީގެ މަސައްކަތްތައް ހިންގާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން.

6. ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ޤައުމީ ފެންވަރުގައާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުމާއި، މިކަމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްނަގައިގެން، ކަންތައްތައް ރާވައި ހިންގުން.

7. ދިވެހިރާއްޖޭގެ ތަރައްޤީ ބައްޓަންކުރުމުގައި، ޤުދުރަތީ މާޙައުލު، ތަރައްޤީގެ ބިންގަލެއްކަމުގައި ހަދަން މަސައްކަތްކުރުން.

8. މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލައި، އެކަމާގުޅިގެން ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

9. މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ކުރިމަތިވާ ނުރައްކާތެރިކަން ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކަށް މަޝްރޫޢުތައް ރާވައި، ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަމަށް ފައިސާ ހޯދުން.

10. މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރު ކުޑަކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮޖެކްޓްތައް ވިލަރެސްކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

11. ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލައި، އެ ސްޓްރެޓެޖީތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.

12. ޤާނޫނު ނަންބަރު 78/77 (ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު) ތަންފީޛުކުރުން.

13. ރާއްޖޭގައި ފެން އުފެއްދުމާއި، ބޭނުންކުރުމާއި، އެތެރެކުރުމާއި، ބޭރުކުރުމާއި، ވިއްކުމާއި، މިކަންކަމާބެހޭ އުސޫލުތަކާއި، ގަވާއިދުތަކާއި، މިންގަނޑުތައް ކަނޑައަޅައި، އެކަންކަން ހިންގައި ބެލެހެއްޓުން.

14. އާންމު ދިރިއުޅުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުންވާ ފެން ލިބެންހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި، އެވަސީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަދި މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީކުރުމަށް މަގު ތަނަވަސްކޮށްދިނުން.

15. ރާއްޖޭގެ ރަށްރަށުގެ މީރު ފެންފަށަލަ ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ރާވައި ހިންގުން.

16. ރާއްޖޭގެ ރައްޔިތުންނަށް، ސާފުތާހިރު އަދި ރައްކާތެރި ފެން ލިބިދިނުމަށްޓަކައި، ފެނުގެ ނިޒާމް ފަރުމާކޮށް ޤާއިމުކުރުމާއި، ރަށްރަށުގައި ފެން ރައްކާކުރުމުގެ ވަސީލަތްތައް އިތުރުކުރުމާއި، ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމާގުޅޭ އެންމެހައި ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

17. ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ރަށްރަށަށް ސާފު ބޯފެން ލިބުން ދަތިވާ ހާލަތްތަކުގައި، މި ނިޒާމުގެ ދަށުން އެ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުން.

18. ނަޖިހާއި ނަޖިސްފެން ނައްތާލުމުގެ އިންތިޒާމުތައް ރޭވުމާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ތިމާވެށްޓާ ރަޙުމަތްތެރި ނަރުދަމާގެ ނިޒާމް ފަރުމާކޮށް ޤާއިމުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

19. ފެނާއި ނަރުދަމާއާބެހޭ ކަންތައްތައް ރާވައި ހިންގުމުގައާއި، ޚިދުމަތް ފޯރުކޮށްދީ ބޭނުންކުރުމުގައާއި، ފަންނީ ރޮނގުންނާއި އިޤުތިޞާދީ ގޮތުން ނިންމުންތައް ނިންމުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން.

20. ފެނާއި ނަރުދަމާގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، އެ ޚިދުމަތް ފުޅާކޮށް، އެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ އަދި ހެޔޮ އަގެއްގައި ޚިދުމަތް ދިނުމަށްޓަކައި، ވާދަވެރި މާޙައުލަކަށް ދާއިރާ ހުޅުވާލުމާއި ބެހޭ ސްޓްރެޓެޖީތައް އެކުލަވާލައި ހިންގުން.

21. ރާއްޖެއަށް އެކަށީގެންވާ، ކުނި މެނޭޖްކުރުމުގެ ނިޒާމުތައް އެކަށައަޅައި، ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

22. އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލާނެ ވަޞީލަތްތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމާއި، ކުނި ނައްތަލާނެ އެކަށީގެންވާ ނިޒާމެއް ރަށު ފެންވަރުގައި ޤާއިމުކުރުމަށް ލޯކަލް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

23. ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު( ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.

24. ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމުގެ ސްޓްރެޓެޖީތައް އެކުލަވައިލައި ތަންފީޛުކުރުމާއި، ހިމާޔަތްކުރާ ތަންތަނާއި ސަރަޙައްދުތައް ކަނޑައެޅުމުގެ މިންގަނޑުތައް ހެދުމާއި، ދިރޭތަކެތީގެ ނަސްލުތަކުން ލިބޭ ފައިދާ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބޭކަން ކަށަވަރުކުރުން.

25. ރާއްޖޭގެ ފަޅުރަށްރަށް، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ ތަންތަނުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ބެލެހެއްޓުމަށް ގަވާއިދުތައް ހަދައި، ހިންގުން.

26. ރާއްޖޭގެ ކަނޑާއި، ކަނޑުގެ އަޑީގެ ބިމާއި، ކަނޑުގެ ބިމުގެ އަޑީގައި މެރީން ސްޓްރަކްޗަރތައް ޤާއިމުކުރުމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.

27. ދަތުރުފަތުރުގެ ދާއިރާއިން ތިމާވެށްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެމެހެއްޓެނިވިގޮތެއްގައި ހިންގައި ބެލެހެއްޓުމާއި، މިކަމާގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.

28. ތިމާވެށްޓަށް ރައްކާތެރި ގޮތެއްގެ މަތިން ރާއްޖޭގައި ކުނި މެނޭޖްކުރުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.

29. ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމުގެ ނިޒާމެއް ޤާއިމުކުރުން.

30. އާންމުކޮށް ބޭނުންކުރާ ފެނުގެ ޚިދުމަތާއި، ނަޖިހާއި، ނަޖިސްފެން އުކާލުމުގެ ނުވަތަ ނައްތާލުމުގެ ޚިދުމަތް ވިޔަފާރި އުސޫލުން ދިނުމަށްއެދޭ ފަރާތްތަކުން، އެ ޚިދުމަތްތަކަށް އަގުނެގުމަށް ބޭނުންކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.

31. ސަރުކާރުގެ ހަކަތައާބެހޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ހަކަތައިގެ ދާއިރާ ހިންގައި ބެލެހެއްޓުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.

32. ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ހަކަތަ އުފެއްދުމާއި ހަކަތަ ބޭނުންކުރުމާބެހޭ ގަވާއިދުތަކާއި، ރެގިއުލޭޓަރީ ކޯޑަކާއި، ސްޓޭންޑަރޑްތައް ހެދުން.

33. ރާއްޖެއަށް އެތެރެކުރާ ހަކަތައާއި، ރާއްޖޭގައި ވިއްކާ ނުވަތަ ބޭނުންކުރާ ހަކަތަ އުފައްދާ ވަސީލަތްތަކުގައި ހުންނަންޖެހޭ ސްޓޭންޑަރޑްތައް ކަނޑައެޅުން.

34. ހަކަތައާބެހޭ އެކިއެކި މަޝްރޫޢުތައް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ޤާއިމުކޮށް، ބަލަހައްޓައި މިމަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

35. ޤާނޫނު ނަންބަރު 96/4 (އާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތީން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.

36. ހަކަތައިގެ ދާއިރާ ރާވައި ހިންގައި، ހަކަތަ އުފައްދައި، ފޯރުކޮށްދިނުމާއި ބޭނުންކުރުމުގައާއި، ފަންނީ އަދި އިޤުތިޞާދީ ނިންމުންތައް ނިންމުމުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން.

37. ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު (އެކްސްކުލޫސިވް އިކޮނޮމިކް ޒޯން) ގެ ތެރޭގައި ހުރި ހަކަތަ އުފެއްދިދާނެ ޤުދުރަތީ ވަސީލަތްތަކަކީ ކޮބައިތޯ ބެލުމަށް ކަމާބެހޭ ދިރާސާތައް ކުރުން.

38. ރާއްޖޭގެ މާހައުލާގުޅޭ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދިދާނެ ވަޞީލަތްތަކާބެހޭ ދިރާސާތައްކޮށް، ކަމާބެހޭ ފަރާތްތަކާގުޅިގެން އެފަދަ ވަސީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުން.

39. ދައުލަތުގެ ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމާއި، ޑޭޓާ އިންޓަގްރޭޓް ކުރުމާއި، ޑޭޓާ މެނޭޖްކޮށް، ޑޭޓާ ރައްކާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

40. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

41. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ކޮމިއުނިކޭޝަނާއި ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރޕްލޭން އެކުލަވާލައި ތަންފީޛުކުރުން.

42. އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ) އާއި، އޭޝިޔާ ޕެސިފިކް ޓެލެކޮމިއުނިކޭޝަން (އޭ.ޕީ.ޓީ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއެއްގޮތަށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަނުގެ ޚިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

43 ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީ.ޔޫ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއެއްގޮތަށް ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

44. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ރާވައި ހިންގުން.

45. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އައު ޓެކްނޯލޮޖީ ރާއްޖެއަށް ތަޢާރުފުކުރުމާއި، އެފަދަ ޓެކްނޯލޮޖީއާބެހޭ މިންގަނޑުތައް ކަނޑައެޅުން.

46. ރާއްޖޭގައި ކޮމްޕިއުޓަރ ޓެކްނޯލޮޖީ ކުރިއަރުވައި، އެކި ރޮނގު ރޮނގުން ރާއްޖޭގައި ދޭ ޚިދުމަތްތަކުގެ ފެންވަރު ކޮމްޕިއުޓަރ ޓެކްނޯލޮޖީ ބޭނުންކޮށްގެން މަތިކުރެވޭނެ ގޮތްތައް ހޯދުން.

47. ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ކޮމިއުނިކޭޝަނާއި، ސައިންސާއި ޓެކްނޯލޮޖީގެ ދައުރު ފުޅާކުރުމަށް، އެ ދާއިރާތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުން.

48. ރާއްޖެއަށް އެންމެ ފައިދާކުރަނިވިގޮތަށް ސައެންސާއި ޓެކްނޯލޮޖީގެ ބޭނުން ހިފުމަށްޓަކައި، ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ދިރާސާތައްކުރުމާއި، އެފަދަ ދިރާސާތައްކުރުމަށް ހިތްވަރުދިނުން.

49. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ޤާއިމުކުރާ ޤައުމީ ސައެންސް ފައުންޑޭޝަން ޤާއިމުކޮށް ހިންގުން.

50. ރާއްޖޭގައި ސައެންސާއި، ޓެކްނޯލޮޖީގެ ޕާކްތަކާއި އިންޓަރެކްޓިވް ސެންޓަރުތަކާއި އިންކިއުބޭޓަރތައް ޤާއިމުކުރުމާބެހޭ ސިޔާސަތުތަކާއި ސްޓްރެޓަޖީތައް ކަނޑައަޅައި، މިފަދަ ތަންތަން ޤާއިމުކޮށް ހިންގުން.

51. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް ސްޓެރެޓެޖީތައް އެކުލަވައިލައި، ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތައްކުރުމަށް ގްރާންޓް ދިނުން.

52. ރާއްޖޭގައި ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ އެހީ (ގްރާންޓް) ހޯދައި، ސައެންސާއި ޓެކްނޯލޮޖީގެ ވަސީލަތްތައް އިތުރުކުރުން.

53. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާތައް ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމަނައި ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެ، މަޢުލޫމާތު ފޯރުކޮށްދިނުން.

54. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާ ކޮމިއުނިކޭޝަނާއި ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރޕްލޭންތަކުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ހަރަކާތްތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.

55. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.

56. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމުގައާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.

57. މިނިސްޓްރީގެ މަސައްކަތު ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރުމަށްޓަކައި، ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބައިވެރިވުމާއި، އަދި އެފަދަ މުޢާހަދާތަކުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

58. މިނިސްޓްރީގެ މަސައްކަތު ދާއިރާއާގުޅޭ ކަންތައްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތް ބައިވެރިކުރުވުމާއި، އެފަރާތްތަކުގެ ދައުރު ފުޅާކުރުން.

59. މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

60. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ.

1. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ

2. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް

3. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް

4. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ

5. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް

6. ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަކީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިޔުލޭޓަރީ އިދާރާއެކެވެ. މި އޭޖެންސީގެ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

1. ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު( ގެ ދަށުން ހިމާޔަތް ކުރަންޖެހޭ ތަންތަނާއި، ދިރޭތަކެތީގެ ނަސްލުތަކުގެ ތެރެއިން ހިމާޔަތް ކުރަންޖެހޭ ތަކެތި ކަނޑައަޅައި، އެތަންތަނާއި އެތަކެތި ބެލެހެއްޓުމުގެ ކަންތައްތައް ރާވައި އިންތިޒާމްކުރުން.

2. ރާއްޖޭގެ ތިމާވެށްޓަށް، ފާހަގަކުރެވޭފަދަ ބަދަލެއް، އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން ހަދަންޖެހޭ، ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް، ހެދުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ހިންގާ ބެލެހެއްޓުން.

3. ރާއްޖޭގެ ރަށްރަށް ގިރުމާއި ޤުދުރަތީގޮތުންނާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކާބެހޭ މަޢުލޫމާތުގެ އަލީގައި އެކަންކަމާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ދިނުން.

4. ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން، ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމާއި، އެކަމާބެހޭ ކަންތައްތައް ހިންގުން.

5. ރާއްޖޭގެ ރަށްރަށުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީން ހަދާ ގަވާއިދުތައް ތަންފީޛުކުރުން. އަދި ތިމާވެށި ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި، ކަމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން.

6. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތު ދާއިރާއާ ގުޅޭ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ޤާއިމުކޮށް، ބަލަހައްޓައި، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

7. ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތަކާއި، ރަށް ގިރުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް، އެކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ މަޝްވަރާއާއި ލަފާދިނުން.

8. ރާއްޖޭގެ ރަށްރަށް އުފެދި އެތަންތަނަށް އަންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު، ސެޓެލައިޓް އިމޭޖަރީއާއި އޭރިއަލް ފޮޓޯގްރަފީފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހޯދައި، ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

9. ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުންފަދަ ކަންކަމުން ކުރާ އަސަރުތައް ދެނެގަނެ، މިކަންކަން ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ކުރެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެއްކުރެވޭ މަޢުލޫމާތާއި ތަޖްރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.

10. ރާއްޖޭގެ ތިމާވެށްޓަށް އަންނަ ކިލަނބުކަން (ޕޮލިއުޝަން) ދެނެގަތުމަށް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

11. ދިރޭތަކެތީގެ ނަސްލުތަކާއި އެތަކެތީގެ މާހައުލުތަކާބެހޭ ދިރާސާކޮށް، އެއްކުރެވޭ މަޢުލޫމާތާއި ތަޖްރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.

12. ރާއްޖޭގެ ތިމާވެށްޓާ ގުޅުންހުރި ބަޔޯޓެކްނޯލޮޖީއާއި ބަޔޯސޭފްޓީގެ ކަންތައްތަކާބެހޭ ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ މަޢުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

13. ޖައްވުގައި ހިމެނޭ ގޭސްތަކާއި، ދުމާއި ކުނޑިފަދަ ތަކެތީގެ މިންވަރަށް އަންނަމުންދާ ބަދަލުތައް ބަލައި، މިފަދަ މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި، މިކަންކަމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

14. ރާއްޖޭގައި ލިބެންހުރި ފެނުގެ ވަސީލަތްތަކާބެހޭ ސައިންޓިފިކް ދިރާސާތައްކޮށް ކަމާބެހޭ މަޢުލޫމާތު ބަލަހައްޓައި ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން.

15. ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ، ތިމާވެށްޓާބެހޭ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ޤާއިމުކޮށް، ބޭނުންވާ ފަރާތްތަކަށް މި މަޢުލޫމާތު ފޯރުވައިދިނުން.

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހުގެ މަސައްކަތްތައް

1. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން.

2. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.

3. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ރިސޯރޓްތައް ބައިވެރިކުރުވުން.

4. މާޅޮސްމަޑުލު ދެކުނުބުރީ ކޮންޒަރވޭޝަން ފަންޑާ ގުޅިގެން ބަޔޮސްފިޔަރ ރިޒާރވް ހިމާޔަތްކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫޢުތައް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

5. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްއާބެހޭ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭ ފަރާތްތަކާއެ މަޢުލޫމާތު ހިއްސާކުރުމާއި، މި ރިޒާރވްގައި ކުރެވެންހުރި ދިރާސާތައް ބަލައި، އެފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް

1. ދިވެހިރާއްޖޭގައި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން.

2. ރާއްޖޭގެ އިޤުތިޞާދީ އަދި އިޖްތިމާޢީ ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ، މޫސުމާބެހޭ މަޢުލޫމާތު ބަލަހައްޓައި، ކަމާބެހޭ "ނޮލެޖްބޭސް" އެއް ޤާއިމުކޮށް، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

3. މީޓިއޮރޮލޮޖީއާބެހޭ ސައިންޓިފިކް މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި ބޭނުންވާ ފަރާތްތަކަށް މި މަޢުލޫމާތު ފޯރުކޮށްދިނުން.

4. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދިމާވެދާނެ، ސުނާމީ ފަދަ ޤުދުރަތީ ކާރިސާތަކާގުޅޭ އިންޒާރު ލިބޭނެ ގޮތްތައް ހޯދައި، އެފަދަ އިންޒާރު ދިނުން.

5. ޤުދުރަތީގޮތުންނާއި އެނޫންވެސް ގޮތަކުން ދިމާވާ ނުވަތަ ދިމާވެދާނެ ހާދިސާތަކުގެ ގެއްލުންތައް ލަފާކުރުމާއި، އެފަދަ ހާދިސާތަކުގެ މަޢުލޫމާތު ހޯދުމާއި، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ވަގުތަށް އެ މަޢުލޫމާތު ފޯރުވައިދިނުމާއި އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން.

6. ދިވެހިރާއްޖެއަށް އަންނަ ބިންހެލުމާއި، ސުނާމީ ފަދަ ޤުދުރަތީ ކާރިސާތަކާގުޅޭ މަޢުލޫމާތު ރިކޯޑްކޮށް ބެލެހެއްޓުން.

7. ދިވެހިރާއްޖޭގެ ފިޒިކަލް އޯޝޮނޮގްރަފީއާބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ

ޤާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

1. އާންމު ބޭނުންތަކުގެ ޚިދުމަތުގެ ދާއިރާ ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރުމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއެރުވުން.

2. އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ބޭނުންކުރުމުގައި ޢަމަލުކުރުމަށް ހަދާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޛުކުރުން.

3. އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގައި ހަމަޖެހޭ ވާދަވެރި ވެށްޓެއް ޤާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން.

4. އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާއި ދެމެހެއްޓެނިވި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމާ ދެކޮޅު ކަންތައްތައް ދެނެގަތުމާއި އެފަދަ ކަންކަން ހުއްޓުވުން.

5. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ޚާއްޞަ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޛުކުރުމާއި، އެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބެލުން.

6. އާންމު ބޭނުންތަކުގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ދޫކުރާ ލައިސަންސާ އެއްގޮތަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުން.

7. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ޚާއްޞަ ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޚިދުމަތުގެ އަގުތައް ފާސްކުރުމާއި، އަގު ކޮންޓްރޯލުކުރުމާއި، އަގާބެހޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

8. އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ޚިދުމަތްދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި އެފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.

9. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން ދޭދޭ ފަރުދުންގެ މެދުގައި ވެވޭ އެއްބަސްވުންތަކާ ގުޅިގެން ޖެހޭ މައްސަލަތައް ބަލައި އެކަންކަން ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

10. އާންމު ބޭނުންތަކުގެ ޚިދުމަތް ބޭނުންކުރާ ނުވަތަ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ޝަކުވާއާއި ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.

11. އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކޮށް، އެފަދަ ތަންތަނާއި ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަދިނުން.

12. އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި ގައިޑްލައިންތަކާއި ކަމާގުޅޭ އާންމު ގަވާއިދުތައް އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުން.

13. އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތައް ޤާއިމުކުރުމުގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބާރުއަޅައި، ހިތްވަރުދިނުން.

14. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުން.

15. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރުން.

16. އާންމު ބޭނުންތަކުގެ ޚިދުމަތްދިނުމުގައި އިސްރާފު ކުޑަކުރުމާއި، ފެންވަރާއި އެފިޝަންސީ ރަނގަޅުކުރުމަށް ބާރުއެޅުން.

17. މި ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން ޤާއިމުކުރެވޭ އާންމު ބޭނުންތަކުގެ ޚިދުމަތްތައް ޤާއިމުކޮށް ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ އެންމެ މަތީ މިންވަރަކަށް ބޭނުންކުރާކަން ކަށަވަރުކުރުން.

18. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ދާއިރާތަކާގުޅޭ ތަފާސްހިސާބު އެކުލަވާލައި ޝާއިޢުކުރުން.

19. އާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މަސައްކަތްތެރިންނަށް ހުއްދަ ދިނުން.

20. މި ޤާނޫނުގެ ދަށުން ނުވަތަ އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނެއްގެ ދަށުން އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުމާއި، އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމާގުޅޭ އެނޫންވެސް ކަންކަން މި ޤާނޫނާއި އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކުރުން.

ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

21. މި ޤާނޫނު ތަންފީޛުކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

22. ދިވެހިރާއްޖޭގައި ފެން އުފައްދާ ފަރާތްތަކަށާއި ނަރުދަމާގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އެ ތަންތަނާބެހޭ މަޢުލޫމާތު ދަފްތަރުކޮށް، ކަމާބެހޭ މަޢުލޫމާތު އާންމުކުރުން.

23. އާންމު ބޭނުންތަކަށާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ޞިނާޢީ އެކިއެކި މަސައްކަތް ހިންގާ ފަރާތްތަކުން ބަހައްޓާ މީރުފެން އުފައްދާ ޕްލާންޓްތައް ރަޖިސްޓަރީކޮށް އެ ތަންތަނާބެހޭ މަޢުލޫމާތު ދަފުތަރުކޮށް، ބެލެހެއްޓުން.

24. ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ރަށްރަށުގައި ދިރިއުޅޭ ކޮންމެ ފަރުދަކަށް، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް، ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅޭކަން ކަށަވަރުކުރުން.

25. ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރެވިފައިވަނީ، އެފަދަ ނިޒާމުތައް ފަރުމާކުރުމަށް މި ޤާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި، އެ ފަރުމާތައް ފާސްކޮށް ހުއްދަދިނުން.

26. ފެން ވައިރުކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ އިންޖިނިއަރުންނަށާއި، ފެންވައިރުކުރާ ފަރާތްތަކަށް އެކަމުގެ ލައިސަންސް ދޫކުރުމާއި، އެފަރާތްތަކުގެ ދަފުތަރެއް އެކުލަވާލައި، އާންމުކުރުން.

27. އޮތޯރިޓީން ތަންފީޛުކުރާ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކަށް އާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުން.

28. ފެނާއި ނަރުދަމާގެ ޚިދުމަތަށް އަގު ނަގަމުންދަނީ ކަމާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން.

29. މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.

30. ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދެމުންގެންދާކަން ކަށަވަރުކުރުން.

31. ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމުކުރަނީ އެ ރަށަކާ އެންމެ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއްކަން ކަށަވަރު ކުރުން.

32. ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.

33. ވިޔަފާރިއާއި އާންމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.

34. އާންމު ބޭނުންތަކަށް ފޯރުކޮށްދޭ ފެނުގެ ފެންވަރު، ލޯކަލް ކައުންސިލުތަކާއި ޚިދުމަތްދޭ ފަރާތާ ގުޅިގެން ކަށަވަރުކުރުން.

35. ފެނާއި ނަރުދަމާގެ ޚިދުމަތާގުޅޭ އެންމެހައި މަޢުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، މިނިސްޓްރީއަށް ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެފަދަ މަޢުލޫމާތު ފޯރުކޮށްދިނުން.

36. ޚިދުމަތްދޭ ފަރާތުން ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ޚިދުމަތް ދެމުންދާކަން ކަށަވަރުކުރުން، މިގޮތުން، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ސަލާމަތްތެރިކަން ކަށަވަރުކުރެވޭނެ ގޮތުގެމަތިން، ފެނުގެ ޕްރެޝަރާއި، ފެނުގެ ފެންވަރާއި، ނަޖިސްފެން ޓްރީޓްކުރާ މިންގަނޑުތަކާއި، ފެން ދަތުރުކުރާ ބާރުމިނާއި، ޚިދުމަތަށް ބިލުކުރާ އުސޫލާއި، ފެން މީޓަރާގުޅޭ ކަންކަމާއި، ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ކަންކަން ބަލަހައްޓަމުން ގެންދިޔުން.

37. ނަރުދަމާއާއި މީރުފެން އުފައްދާ ފެން ޕްލާންޓްތަކުން ބޭރުކުރާ ފެނުގައި ހުންނަންޖެހޭ މިންގަނޑު ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.

38. ފެނާއި ނަރުދަމާއާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، އާންމު ފަރާތްތަކުން މިފަދަ ދިރާސާތައް ކުރުމަށް ބާރުއަޅައި މި މަޢުލޫމާތު ހާމަކުރުން.

39. ފެން ފޯރުކޮށްދިނުމާއި ފެން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އަދި އިކުއިޕްމަންޓް ފަދަ ތަކެތީގައި ފެން އިސްރާފްވުން ކުޑަކުރުމަށް ބޭނުންވާ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2015/42 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނު)ގެ 16 ވަނަ މާއްދާގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

1. ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.

(ހ) ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭޝަނާއި ރޭޑިއޯ ކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން.

)ށ) ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.

)ނ) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ތަރައްޤީކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތު ކުރިއެރުވުން.

)ރ) ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތާ ބެހޭގޮތުން ނުވަތަ ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތަކާ ބެހޭގޮތުން ނުވަތަ ޚިދުމަތް ބޭނުންކުރާ ނުވަތަ ޚިދުމަތަށް އެދޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.

)ބ) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތުގައި، ހަމަހަމަ އަދި ވާދަވެރި ވެށްޓެއް ޤާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން.

)ޅ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން.

)ކ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ކަމާގުޅޭ އެނޫންވެސް ކަންކަން ހިންގައި ބެލެހެއްޓުން.

)އ) ޚިދުމަތުގެ އަގުތައް ފާސްކުރުމާއި އަގު ކޮންޓްރޯލްކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުމާއި، ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ ލައިސަންސާ ގުޅިގެން މާލީ ގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓައި، ހިންގުން.

)ވ) ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތުގައި ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި، ޚިދުމަތް ދޭނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ދެމެހެއްޓުމަށް ބާރުއެޅުން.

)މ) ޓެލެކޮމިއުނިކޭޝަން ނަންބަރިންގ ޕްލޭންއާއި އެނޫނަސް ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ދިނުމުގައި އިލެކްޓްރޯނިކް ޒަރީއާއިން އެޑްރެސްކުރުމާބެހޭ އެންމެހައި ފަންނީ އަދި އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.

)ފ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ނުވަތަ ނެޓްވަރކްތައް އިންޓަރކަނެކްޓްކުރުމަށް މަގުފަހިކޮށްދިނުމާއި، އެކަމާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުން.

)ދ) ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓް ބަލައި ފާސްކޮށް، ހުއްދަދިނުން.

)ތ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.

)ލ) ސެޓަލައިޓްގެ ގުޅުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ރެގިއުލޭޓުކުރުމާއި، އެ ކަންކަން އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް ޔޫނިއަންއާއި ކަމާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ނުވަތަ އިދާރާތަކާއެކު ވިލަރެސްކުރުން.

)ގ) ޓެލެކޮމިއުނިކޭޝަންގެ ވަސީލަތްތައް ޤާއިމުކުރުމުގައި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބާރުއަޅައި، ހިތްވަރުދިނުން.

)ޏ) ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދީ އިރުޝާދުދިނުން.

)ސ) ޓެލެކޮމިއުނިކޭޝަނާބެހޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ޓެލެކޮމިއުނިކޭޝަނާބެހޭ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.

2. ސްޕެކްޓްރަމް ބެލެހެއްޓުމާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.

)ހ) ދިވެހިރާއްޖޭގެ ރޭޑިއޯ ފްރީކުއެންސީ ސްޕެކްޓްރަމް ރާވައި، ހިންގައި، ބެލެހެއްޓުމުގެ އެންމެހައި ކަންކަން ކުރުން.

)ށ) ރޭޑިއޯ ކޮމިއުނިކޭޝަން އިކުއިޕްމަންޓާއި ސްޕެކްޓްރަމް ބޭނުންކުރުމަށް ލައިސަންސް ދޫކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުން.

)ނ) ރޭޑިއޯ ފްރީކުއެންސީތަކަށް ކުރިމަތިވާ އިންޓަރފިއަރެންސް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެފަދަ ކަންކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ތަޙްޤީޤުކުރުމާއި، ފިޔަވަޅު އެޅުން.

3. ޕޯސްޓުގެ ދާއިރާއާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.

)ހ) ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކޮށްދިނުން.

)ށ) ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ފޯރުވައިދޭ ޚިދުމަތުގެ ފެންވަރު ބެލުން.

)ނ) ޕޯސްޓުގެ ދާއިރާ ރެގިއުލޭޓުކުރުމާބެހޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެއިން ދޭން ބޭނުންވާ ލަފަޔާއި މަޝްވަރާދިނުމާއި، ޕޯސްޓާބެހޭ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.

4. އިންފޯކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅޭގޮތުން ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާ ގުޅޭކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ދާއިރާ ރެގިއުލޭޓްކުރުމަށް ބޭނުންވާ ނިސްބަތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

)ހ) މި ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އިންފޯކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން.

)ށ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ޞިނާޢަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން.

)ނ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ އިންފޯކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.

5. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނަކުން އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ މަސައްކަތްތައް ކުރުން.

6. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ޙަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށްޓަކައި ނުވަތަ ކުރުމަށް މަގުފަހިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އެނޫނަސް މި ޤާނޫނު ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން.

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ މަސައްކަތްތައް

1.ދިވެހިރާއްޖޭގެ އިޤުތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ގޮތެއްގެމަތިން ހުރިހައި އިންފޮމޭޝަން ޓެކްނޯލޮޖީ(IT)ގެ ޚިދުމަތްތައް ފޯރުކޮށްދިނުން.

2. ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގަ ޤާއިމުކޮށް ހިންގައި، ބަލަހައްޓައި ތަރައްޤީކޮށް ދެމެހެއްޓުން.

3. ސަރުކާރުގެ ދާއިރާގައި ބޭނުންކުރެވޭ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، އެޕްލިކޭޝަންތައް ސްޓޭންޑަޑައިޒް ކުރުން.

4. ދިވެހިރާއްޖޭގެ އިޤުތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް އެކަށޭނަ އިންފޮމޭޝަން ޓެކްނޯލޮޖީގެ ޤައުމީ ޕްލޭންއާއި، ސްޓްރެޓިޖީތަކާމެދު ކަމާބެހޭ ފަރާތްތަކަށް ލަފާ ދިނުމާއި، ސަރުކާރުން ކަނޑައަޅާ އިންފޮމޭޝަން ޓެކްނޯލޮޖީގެ ސިޔާސަތުގެ މުރާދު ހާސިލުކުރުމަށް ބޭނުންވާ މަޝްރޫޢުތަކާއި ޕްލޭންތައް ރާވައި، ވިލަރެސްކޮށް ހިންގުން.

5. އިންފޮމޭޝަން ޓެކްނޯލޮޖީގެ ޒަރީއާއިން ރާއްޖޭގައި ތަޢުލީމާއި، މަޢުލޫމާތު އަދި ވިޔަފާރިކުރިއެރުވުމަށް މަގުފަހިކޮށްދިނުން.

6. ދައުލަތުގެ އުފެއްދުންތެރިކަން އިތުރުކޮށް، އާންމުކޮށް މަޢުލޫމާތުދިނުމުގެ މަގު ފުޅާކޮށް، ސަރުކާރުގެ ޚިދުމަތްތައްދިނުން ހަލުވިކުރުމަށާއި، ރާއްޖޭގައި "އިލެކްޓްރޯނިކް ގަވަރންމަންޓް" (އީ-ގަވަރންމަންޓް) ޤާއިމުކުރުމަށްޓަކައި ސަރުކާރުގެ "އިންފޮމޭޝަން ސިސްޓަމްސް ޕްލޭން" ތަރައްޤީކޮށް ވިލަރެސްކޮށް ހިންގުން.

7. އިންފޮމޭޝަން ޓެކްނޯލޮޖީއާއި އެއާ ގުޅިފައިވާ ޞިނާޢީ މަސައްކަތްތައް ރާއްޖޭގައި ތަރައްޤީކޮށް ހަލުވި ކުރުމަށްޓަކައި، ސަރުކާރުގެ ދާއިރާތަކާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ އިންޑަސްޓްރީ ބައިވެރިކޮށްގެން ކަމާބެހޭ ސިޔާސަތުތަކަށާއި ޓެކްނޯލޮޖީއަށް އަންނަ ބަދަލުތައް ދިރާސާކުރުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީއާއި އެއާގުޅިފައިވާ ޞިނާޢީ މަސައްކަތްތައް ތަރައްޤީކުރުމުގެ ކަންކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.

8. ކޮމްޕިއުޓަރައިޒް ކުރުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ބޭނުންކޮށްގެން ހިންގާ ކަންތައްތަކުގައި ރާއްޖޭގައި ބޭނުންކުރަންވީ، އެއިރަކަށް އެންމެ އެކަށީގެންވާ މިންގަނޑުތަކާއި، "ގައިޑްލައިން" ތަކާއި "ބެންޗްމާކް" ތައް ކަނޑައަޅައި، އާންމުކުރުން.

9. ސަރުކާރުގެ އިދާރާތަކުންނާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުން ހުށަހަޅާ "އިންފޮމޭޝަން ސިސްޓަމް ޕްލޭން" ބަލައި، އެޕްލޭންތައް ހިންގުމުގެ ހުއްދަ ދިނުން.

10. ސަރުކާރުގެ އިދާރާތަކަށާއި، އަމިއްލަ ފަރާތްތަކަށް އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ލަފައާއި މަޝްވަރާދިނުން.

11. ވިލަރެސްކުރެވިގެން ލާމެހިފައިވާ ގޮތެއްގައި އިންފޮމޭޝަން ސިސްޓަމްތައް ތަރައްޤީކޮށް، ހިންގައި، ބެލެހެއްޓުމަށްޓަކައި، ސަރުކާރުގެ އިންފޮމޭޝަން ސިސްޓަމްތައް ސަރވޭ ކުރުން.

ކިޔުންތެރިންގެ ހިޔާލު