އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ފައިސާ އިތުރަށް ޗާޕް ކުރުމުގެ މުއްދަތު އިތުރު ކުރަން ފާސްކޮށްފި

1 month ago

އިބްރާހިމް ޢަލީ

އެމްއެމްއޭ އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. 

މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.

މީގެ އަހަރު ދުވަސް ކުރިން މަޖިލީހުން ދީފައިވާ މުއްދަތު ހަމަވުމަށް ފަހު އިތުރު އަހަރު ދުވަހުގެ މުއްދަތަކަށް އެ ހުއްދަ ދަންމާލުމަށް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހެޅުއްވީ ކުރިން ހުއްދަ ދިން މުއްދަތަަށް ފަހުގައި ވެސް ރާއްޖޭގެ އިގްތިޞާދު ރަނގަޅު ވެފައި ނުވާތީ ކަމަށް ވިދާޅުވެއެވެ.

މަޖިލީހިގެ ހާއްސަ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުން މިއަދު ނިންމީ ފިނޭންސް މިނިސްޓްރީން އެދުނު ގޮތަށް އޯވާޑްރޯގެ މުއްދަތު އެއް އަހަރު ދުވަހަަށް އިތުރު ކޮށްދޭށެވެ. އަދި އޯވާ ޑްރޯގެ އަދަދު 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު