އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި

3 weeks ago

އިބްރާހިމް ޢަލީ

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވައިފިއެވެ. މިސްކިތަކީ އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން އެޅި މިސްކިތެކެވެ.


500 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭގޮތަށް ހެދި މި މިސްކިތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރެއެވެ. ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.


ވަގުތީ މިސްކިތް ހުޅުއްވާދެއްވާ ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާލުވީ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ލަފާފުޅުގެ މަތިންކަމަށެވެ. އަދި ވަގުތީ މިސްކިތް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ހުޅުވަން މަސައްކަތްކުރިކަމަށާއި ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކާ ހުރެ މަސައްކަތް ނުނިމުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގެ މަސައްކަތް ނިންމާލެވުނީ 24 ގަޑިއިރު ހުއްޓުމެއްނެތި ކުރި މަސައްކަތުންކަމަށެވެ. އިސްލާމިކް މިނިސްޓަރ ވަނީ ސަރުކާރުން މިސްކިތްތައް ބަލަހައްޓަމުން ދިޔަކަމުގައިވީ ނަމަވެސް މިސްކިތައް އަންނަމީހުންވެސް ސާފުތާހިރުކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.


މިނިސްޓަރ ވިދާޅުވީ މިސްކިތް އެޅުމަށް މަސައްކަތް ކުރަމުން ދިޔައިރު އިންސާނުންގެ ކަށިތައް ފެނުނު ކަމަށާއި އެ ކަށިތައް ނަގާ ފުރާނާ ސާފުކޮށް، އެއަށްފަހު މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެެވެ. އަދި މިސްކިތުގައި އެއްވެސް ކައްޓެއް ނުހުންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ. މިސްކިތް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް އަހަމިއްޔަތުކަން ދޭންޖެހޭ ކަމެއްކަން ފާހަގަކުރައްވާ އިސްލާމިކް މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިސްކިތްތައް ސާފުކޮށް ބަހައްޓާއިރު މިކަމަށް ރައްޔިތުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު