އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

މަސްވެރިކަން ކުރާ އުޅަނދު ފަހަރުގައި ބިދޭސިން ގެންގުޅެން ހުއްދަ ދީފި

1 month ago

އިބްރާހިމް ޢަލީ

ދިވެހިރާއްޖޭގެ ރާއްޖޭގެ މަސް ދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިޝަރީޒްއިން ދީފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން މިއަދު ނެރުނު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ "މަސްވެރިކަންކުރުމުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޙަރަކާތްތެރިވުމާއި ގުޅޭ މައްސަލައިގައި ގިނަ ދުވަސް މަތިން ދަޢުލަތުގެ ކަމާގުޅޭ އެކި މުއައްސަސާތަކުގެ މެދުގަޔާއި، އޮޑިވެރިންނާއި މަސްވެރިން، އަދި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު، މަސް ދޯނިފަހަރުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮޑިވެރިންނަށް ވަރަށް ބޮޑަށް އޮތުމާއެކު، އަދި ދިވެހިރާއްޖޭގެ ދޮށީގެ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ގަވާއިދާ ޚިލާފަށް (ސައްޙަ ހުއްދައެއް ނެތި) ބިދޭސީން ޙަރަކާތްތެރިވަމުން ދިއުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމަކީ ޤާނޫނާއި ގަވާއިދާ ޚިލާފު ޙަރަކާތްތައް ހިންގަމުންދާ މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ބައެއް ރީޓެއިލަރުން ވަނީ ފާޅުކުރަމުންދާތީވެ، މަސްވެރިކަމުގެ ޞިނާޢަތުގެ މަންފާއަށްޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި (ސީދާ މަސްވެރިކަންކުރުމުގައި ބައިވެރިވުން ނުހިމެނޭގޮތަށް) ބިދޭސީންނަށް ޙަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އެބަޔާނުގައި އިތުރަސ ްބުނެފައިވަނީ މިގޮތުން، ޤާނޫނު ނަންބަރު: 2019/14، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު: (2020/R-75ގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އެއުޅަނދެއްގައި މަސައްކަތްކުރުމަށް ހޯދާ ވޯކްޕާމިޓެއްގެ ދަށުން، 2 (ދޭއް) ބިދޭސީންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެވިފައެވެ. އަދި މަސްވެރިކަމުގެ އާންމު ގަވާއިދަށާއި ވަކިވަކި މަސްވެރިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގެ ދަށުން އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (2020/R-66)ގެ ޖަދުވަލު 2 (ބިދޭސީން ވަޒީފާއަށް ހުށަހެޅުމުގެ ކޯޓާ ދޫކުރުމާބެހޭ އުޞޫލު)ގެ ދަށުން މަސްވެރި ކޮންމެ އުޅަނދެއްގައި ބިދޭސީންނަށް ޙަރަކާތްތެރިވެވޭނެ ހަމަތައް މިހާރުވަނީ ކަނޑައެޅިފައެވެ. މިގޮތުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ޙަރަކާތްތެރިވުމަށް ބިދޭސީންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ ފަރާތަކަށެވެ. އަދި ބިދޭސީން ޙަރަކާތްތެރިވުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރަށެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމަކީ ދިގު ތާރީޚެއް އޮތް، އެމަސްވެރިކަމުގައި ސަގާފީ ގިނަ ސިފަތަކެއް އެކުލެވޭ މަސްވެރިކަމަކަށްވާކަމީ ދުނިޔޭގެ ފެންވަރުގައި ދިވެހި މަސްވެރިކަން އިސްތިހާރުކުރުމަށް ލިބިފައިވާ ބޮޑު ފުރުޞަތަކެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޚާއްސަ ސިފަތައް އޭގެ އަސްލު ނުގެއްލި ހިފެހެއްޓުމަކީ މުޙިއްމުކަމެކެވެ. އެހެންކަމުން މަސްވެރިކަމުގެ ގަވާއިދުތަކަށް މިގެނެވުނު ބަދަލަކީ، އެކުވި ގޮތެއްގައި މަސްވެރިން އަދި އޮޑިވެރިންނާއި މަޝްވަރާކުރެވި މުޅި ޞިނާޢަތުގެ މަންފާއަށްޓަކައި އެޅުނު ފިޔަވަޅެކެވެ. ގަވާއިދުތަކަށް މިގެނެވުނު ބަދަލާއެކު މަސްވެރި އުޅަނދުފަހަރުގައި ޙަރަކާތްތެރިވާ ބިދޭސީންނަކީ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ސައްޙަ ހުއްދައެއް އޮވެގެން ޙަރަކާތްތެރިވާ ފަރާތްތަކެއްކަން ޔަޤީންކުރުމަށް މިމިނިސްޓްރީގެ ފަރާތުން އޮޑިވެރިންނަށް އިލްތިމާސްކުރަމަށް މިނިސްޓްރީ އޮފް ފިޝަރީޒުން މިއަދު އާމުކުރި ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު