އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ތިން ރަށެއްގެ މަގުތަކުގައި ތާރު އަޅަން ހަވާލުކޮށްފި

2 months ago

އިބްރާހިމް ޢަލީ

ތިން ރަށެއްގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.


މަގުތަކުގައި ތާރުއަޅަން މިއަދު ހަވާލުކޮށްފައިވާ 3 ރަށާކީ 

ހއ. ހޯރަފުށި، 

ޅ. ހިންނަވަރު

 ގދ. ތިނަދޫ އެވެ

މިމަސައްކަތްތައް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. 

ހިންނަވަރު އަދި ތިނަދޫ މަގުތަކުގައި ތާރު އަޅަމް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

ހިންނަވަރުގެ މަޝްރޫއު ހަވާލުކުރީ 122.08 މިލިއަން ރުފިޔާގެ އަގަކަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކުރާނެ އެވެ.

ތިނަދޫ މަގުތަކުގައި ތާރުއަޅަން ހަވާލުކުރީ 78.80 މިލިއަން ރުފިޔާ އަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

އެ މަޝްރޫއުގެ ދަށުން 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އެގޮތުން  ހޯރަފުށި ބޮޑު މަގުތަކުގައި ތާރު އެޅުމަށް ހަވާލުކުރީ އެމްޓީސީސީއަށެވެ. އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 470 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް، މަޝްރޫއު ހަވާލުކުރީ 71.91 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކުރާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު