
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
2 weeks ago
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން 1،000 ގޮނޑި ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އަދި ހަމައެހެންމެ 4 ސިޓީގެ މޭޔަރުކަންވެސް ނަގާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހެން ވިދާޅުވީ މިރޭ އއ. ރަސްދޫ ފަޅުތެރޭގައި ބާއްވާ "ރަށްވެހިފަތިސް އަލިވިލުން" ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުގެ ކުރިން، ހުޅުމާލޭ ބަނދަރު ސަރަހައްދުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިޚާބުގެ ކަންކަން ދިގުދެމިގެން ދިޔަ ގޮތުން އިންތިޚާބު ނުބޭއްވިދާނެ ކަމުގެ ކަންބޮޑުވުންތަކެއް އޮތްކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އަބަދުވެސް އިންތިޚާބާ ކުރިމަތިލާ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބަށް އެމްޑީޕީން 1500ށް ވުރެ ގިނަ ކެންޑިޑޭޓުން ނިކުންނަކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީން އޭގެތެރެއިން ހާހެއްހާ ގޮނޑި ނަގާނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އިންތިހާބުތައް ކާމިޔާބުކުރަނީ ވަރަށް ފުޅާ ވިސްނުމެއްގައި އަބަދުވެސް މަސައްކަތް ކުރަމުން ދާތީ ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމާއި، އަމާޒު ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ސާފުވާތީ ކަމަށެވެ.