އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ކެނެޑާގެ ސަރުކާރުން ރާއްޖޭގެ މާލީ ބޮޑުއެހީއެއް ދެއްވައިފި

3 months ago

އިބްރާހިމް ޢަލީ

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓު ނައްތާލުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ޓަކައި ކެނެޑާ ސަރުކާރުން ރާއްޖެއަށް މާލީ ބޮޑުއެހީއެއް ދެއްވައިފިއެވެ.  

މަޢުލޫމާތު ލިބޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ކެނެޑާ ސަރުކާރުން ރާއްޖޭގެ ދެއްވި އެހީގެ އަދަދު  މިލިއަން ޑޮލަރަށް އަރައެވެ. 

އެ ޕްރޮޖެކްޓްގެ ދަށުން ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މެޑިކަލް ވޭސްޓް މެނޭޖްމަންޓް މަރުހަލާތައް ހަރުދަނާކުރުމަށް 40 އޮޓޯކްލޭވް ހޯދާނެއެވެ. މިހާރު އެ ހިދުމަތް ގާއިމްކޮށްފައިވާ އަތޮޅުތަކުގެ އިތުރުން 10 އަތޮޅެއްގައި އެ ހިދުމަތް ގާއިމުކުރާނެއެވެ.

މި ހިދުމަތް ގާއިމުކުރުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަަމަށާއި އަދި ހިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، އެކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ވެސް ކުޑަވެގެންދާނެ ކަމަށް މަޢޫލޫމާތު ލިބެއެވެ. 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވަނީ ކެނެޑާގެ ހައި ކޮމިޝަނަރު، ޑޭވިޑް މެކިނޮން އެ ޕްރޮޖެކްޓު ރާއްޖޭގައި ގާއިމު ކުރުމަށް ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯގެ އޮފީހުން ކަމުގައިވާތީ، އެފަރާތުން ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ވެސް މިނިސްޓަރު ނަސީމު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު