އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި މަޑިފުށި ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

2 weeks ago

އިބްރާހިމް ޢަލީ

ސްކޫލު ދަރިވަރުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި މަޑިފުށި ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި އެޕްރީލް މަހުގެ 5 ވަނަ ދުވަހު ތިމަރަފުށި ސްކޫލުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ ތިމަރަފުއްޓަކީ އަމާން ރައްކާތެރި ރަށެއްގެ ގޮތުގައި ބޭއްވުމަށާއި ސްކޫލު ނިންމާ ދަރިވަރުން ކުށުގެ ވެށިން ދުރުކޮށް، އަހުލާގު ރަނގަޅު އަދި މުޖުތަމައުގައި ލޯބި ލިބިފައިވާ ކުދިބަޔަކަށް ހެދުމަށް ފުލުހުންނާއި އެ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ބައްދަލުވުުމުގައި އެ ސްކޫލުގެ ގްރޭޑް 6 ފެށިގެން މަތީގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

އެގޮތުން، ރިވެތި އަހުލާގުގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި އާއްމު އިޖުތިމާއީ މިންގަޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނާ ގުޅޭގޮތުން ދަރުވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވެއެވެ. އަދި ސައިބަރ ކްރައިމްއާއި ހަނގާ ކުރުމުގެ މައްސަލަތަކާ ގުޅޭގޮތުންނާއި އިހުތިރާމްކުރުމާއި ލީޑަރޝިޕާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ދީނީ ގޮތުން އަމިއްލަ ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތަކާއި، ރިވެތި އަދަބުތައް ދަސްކޮށްދިނުމާއި ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރަން ދަސްކޮށްދިނުމުގެ އިތުރުން އަހުލާގު ރަނގަޅު ކުދިބައެއްގެ ގޮތުގައި ތިބުމަށް މަސައްކަތް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ވަގުތުގެ މުހިންމުކަމާއި، ގަޑިއަށް ފަރުވާތެރިވުމުގެ މުހިންމުކަމާއި، ކޮންމެ ކުއްޖަކީވެސް ޒިންމާތަކާ އަދި ހައްގުތަކާ ގުޅިލާމެހިފައިވާ ކުއްޖެއްކަން ދަރިވަރުންނަށް ހަނދާންކޮށްދީފައިވެއެވެ.

އޭގެ އިތުރުން، މަޑިފުށި ސުކޫލްގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މަޑިފުށި ޕޮލިސްއިން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ކިޔަވާކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ ރިވެތި އަދަބުތަކާއި، ދަރިވަރުންގެ ތަރުބަވީ ހަޔާތް ނިމި މުޖުތަމައަށް ފައިދާ ހުރި ކުއްޖަކަށް ވުމަށް ދަރިވަރުންނަށް ބުނެދީފައިވެއެވެ. އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތްތައް ބުނެދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު