އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

2022 ވަނަ އަހަރުގެ އޭޕްރިލް މަސް ނިމުމުގެ ކުރިން މ. މުލީ އެއަރޕޯޓް ނިމޭނެ - އާޒިމް

3 months ago

އިބްރާހިމް ޢަލީ

2022 ވަނަ އަހަރުގެ އޭޕްރިލް މަސް ނިމުމުގެ ކުރިން މުލީ އެއަރޕޯޓް ނިމޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މ. މުލީ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ 221.733 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

 މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢު ފެށުމަށް މ.މުލީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީ އަކީ މޫސުމީ ކުންފުންޏެއް ނޫން ކަމަށާއި މިދިޔަ އަހަރު އެކަނިވެސް 38 ޕްރޮޖެކްޓްގެ މަސައްކަތް ކުންފުނިން ނިންމާފައިވާކަމާއި  މިމަޝްރޫޢުގެ ދަށުން ރަންވޭ އެކަނި އެޅުމަށްފަހު މުލީގެ ރައްޔިތުންނަށް އެއަރޕޯޓް ދޫކޮށްނުލާނެ ކަމަށެވެ. އެމްޓީސީސީން ބުނާ ދުވަހާއި ގަޑި ދިމާ ކުރާނެ ކަަމަށެވެ. ގައުމަށް ޚިދުމަތް ކޮށްދޭން ލިބިފައިވާ ފުރުސަތުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު