އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ވީއޭއެމް ގެ ރައީސްކަމަށް މުހައްމަދު ރަނޭޝް އިންތިހާބުވެއްޖެ

2 weeks ago

އިބްރާހިމް ޢަލީ

ކުރިއަށް އޮތް 4 އަހަރު ދުވަހަށް ވީއޭއެމް ގެ ރައީސްކަމަށް މުހައްމަދު ރަނޭޝް (ރަނޭ) އެ އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި މިއިންތިޚާބުގައި ރަނޭޝްއާއެކު ރައީސްކަމުގެ މަގާމަށް ވާދަކުރި ވީއޭއެމްގެ ކުރީގެ ނައިބް ރައީސް އިލްޔާސް އިބްރާހިމްމެވެ.

މިއިންތިހާބުގައި ނުވަ ކުލަބަކަށް ވަނީ ވޯޓުލުމުގެ ހައްގު ލިބިފައެވެ. އެހެންނަމަވެސް ވޯޓްލާފައިވަނީ ޖުމުލަ 6 ކުލަބަކުންނެވެ. އެ 6 ވޯޓްވެސް ލިބިފައިވަނީ މުހައްމަދު ރަނޭޝްއަށެވެ. އެހެންވުމުން އިލްޔާސްއަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެއެވެ.

މިއިންތިޚާބުގައި ވޯޓްދިނުމުގެ ދިނުމުގެ ފުރުޞަތު ލިބިފައިވަނީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޔޫތު ނިއު ޖެނަރޭޝަން އަދި ކުލަބު ހާފް ލައިން ލިންކޭޖަށެވެ.

މި އިންތިހާބު ފެށި އިރު، އިންތިހާބު ކުރިއަށްދިޔަ ހޯލުގައި އިއްލަ އިންނެވި ނަމަވެސް، ވޯޓުލުން ފެށުމުގެ ކުރިން އިއްލިޔާށް ވަނީ ކޮންގޮރެސް ދޫކޮށް ގޮސްފައެވެ. އަދި އިލިޔާސާއެކު އިތުރު ތިން ކުލަބަކުން ވަނީ ކޮންގްރެސް ދޫކޮށް ނުކުމެފައެވެ. އެ ކުލަބުތަކުން ކޮންގްރެސް ދޫކޮށް ނުކުތީ، ވީއޭއެމުގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ކަމަށްވާ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ފަހުންވެސް މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑެންސީ ބަލައިގަންނަން އެޑްހޮކް ކޮމިޝަނުން ނިންމުމުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށްފައެވެ.

އިއްލައާއެކު ތިން ކްލަބަކުން ކޮންގްރެސް ދޫކޮށް ދިޔަ ނަމަވެސް އިލެކްޓޯރިއަލް ކޮމިޓީން ވަނީ ވޯޓުލުން ކުރިއަށްގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު