
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
3 weeks ago
އއ.މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢުގައި ރަށުގެ ބަނދަރަށް 394 މީޓަރުގެ ސަރަޙައްދެއް އިތުރުކުރުމަށްވަނީ ނިންމާފައެވެ. މިގޮތުން ރަށުގައި ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އުޅަނދުތަކާއި އެކަމަށް ބޭނުންވާ ސާމާނު އެމްޓީސީސީން މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ.
އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި ހިމެނެނީ 24،335 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމާއި 407 މީޓަރުގެ ބޭރު ތޮށި ލުމާއި، 56 މީޓަރުގެ ސަރަޙައްދުގައި ގްރޮއިންސް ޖެހުމާއި 100 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެކެވެ. އަދި 1970އަކަ މީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ޖެހުންވެސް މިމަސައްކަތުގައި ހިމެނެއެވެ.
މި މަސައްކަތް ކުދިވެހި ސަރުކާރުން 56.97 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.