އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

މެޗުން ޔުނައިޓެޑް ވިކްޓަރީއާއި މާޒިޔާ ބައްދަލުކުރި މެޗުން މާޒިޔާ މޮޅުވެއްޖެ

3 weeks ago

އިބްރާހިމް ޢަލީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބު ކޮށްފިއެވެ.

މިއަދުގެ މެޗްގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލްބާއި ޔުނައިޓެޑް ވިކްޓަރީއެވެ.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. މި މެޗުން މާޒިޔާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 74 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މި މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 24 ޕޮއިންޓާއެކު މާޒިޔާ އެވެ. ދެވަނައިގައި އޮތީ 10 މެޗުން 18 ޕޮއިންޓް ލިބިފައިވާ ކުލަބު ވެލެންސިއާއެވެ. ތިންވަނައިގައި އޮތީ 10 މެޗުން ލިބިފައިވަނީ 16 ޕޮއިންޓް ލިބިފައިވާ ދަ ގްރާންޑޭ ސްޕޯޓްސްއެވެ. ޔޫވީ އޮތީ ކުޅުނު 10 މެޗުން ލިބުނު 3 ޕޮއިންޓާއެކު، ތާވަލުގެ ފުލުގައެވެ.

މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މެޗު ދިޔަގޮތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅު ކަމަށެވެ. ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ ބުނީ މި މެޗުން ބަލިވިކަމުގައި ވިޔަސް، ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު