އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓްކުރުމުގެ ބުރެއް އިކޮނޮމިކް މިނިސްޓްރީން ފަށައިފި

8 months ago

އިބްރާހިމް ޢަލީ

ތަރުކާރީއާއި މޭވާފަދަ ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓްކުރުމުގެ އިތުރު ބުރެއް އިކޮނޮމިކް މިނިސްޓްރީން ފަށްޓަވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ, މި އިންސްޕެކްޝަންގައި "ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތިގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދު"ގެ ދަށުން މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީނު، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ފިޔަވައި، ތަރުކާރީ އާއި މޭވާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ތަންތަން އިންސްޕެކްޓް ކުރާނެ ކަމަށެވެ. މީގެ އިތުރުން އެފަދަ ކާބޯތަކެތިގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ކުރާ މާރުކޭޓްތައް ހިންގަމުން ދަނީ، ގަވާއިދުގައި ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ހުންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތަތަކާ އެއްގޮތަށްތޯ ބަލާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ހަމައެހެންމެ މިފަދަ ބިޔަފާރި ހިންގާ ތަންތަނުގައި ބިދޭސީން މަސައްކަތް ކުރަމުންދަނީ، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބަލައި ގަވާއިދުގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ހަމަ ނުވާ ނަމަ, ގަވާއިދާ ހިލާފަށް ހިންގާ ތަންތަނާ މެދު އެގަވާއިދުގައި ވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.


ތަރުކާރީއާއި މޭވާފަދަ ކާބޯތަކެތި ވިއްކާ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި،

1- ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ނަން ބޭރަށް ފެންނާނެހެން އިމާރާތުގައި ހަރުކޮށްފައި ހުރުން.

2- ވިޔަފާރިކުރާ ތަނަށް ވަކިން ވަދެވޭނެ ދޮރެއް ނުވަތަ މުދާ ދޫކުރެވޭނެ ކައުންޓަރެއް ބަންދުކުރެވޭނެ ގޮތަށް ހަދައިފައިހުރުން

3- ވިޔަފާރިކުރާ ތަނުގައި އެއަރ ކޮންޑިޝަން ހަރުކޮށްފައި ހުރުން، ނުވަތަ ވައި ދައުރުވާނެ ގޮތަކަށް ވެންޓިލޭޓްކޮށްފައިހުރުން.

4- އެކި ބާވަތްތަކުގެ މުދާ ވަކިވަކިން ތަރުތީބު ކުރެވޭނެ ގޮތަށް ޖާގަ ހަދައިފައި ހުރުން

5- މުދަލުގެ އަގު އެނގޭނެ ގޮތަށް މުދާ ތަރުތީބުކޮށްފައި ހުރުން

6- މީހުން ވަދެ ވިޔަފާރި ކުރެވޭގޮތަށް ހުރި ތަނެއް ނަމަ ޓައިލްސް ޖަހާފައި ނުވަތަ ތަޅުން އަޅައިފައި ހުރުން

7- ވިޔަފާރިކުރާ ތަނަށް ވަންނަ ކަސްޓަމަރުން މަގުމަތީގައި ތިބެގެން ވިޔަފާރި ކުރެވޭގޮތަށް ފަރުމާކޮށްފައި ހުރި ތަނަކަށްނުވުން

8- މެހިފަދަ ތަކެއްޗަށް ނުވަދެވޭގޮތަށް ތަން ފަރުމާކޮށްފައިހުރުން

9- ވިޔަފާރިކުރާ ތަނުގެ ބޭރުގައި ނުވަތަ ދުވާރު މަތީގައި މުދާ ބަހައްޓައިގައި ނެތުން

10- ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަތް ދޮވެ ސާފުކުރެވޭ ގޮތަށް ހުރުން


ކިޔުންތެރިންގެ ހިޔާލު