އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ރޯދަމަހާ ދިމާކޮށް ރެޑްވޭވުން އަނެއްކާވެސް ބައެއް ކާބޯތަކެތީގެ އަގުހެޔޮކޮށްފި

3 weeks ago

އިބްރާހިމް ޢަލީ

ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ކާބޯތަކެތީގެ އަގު ބޮޑުވެގެންދާއިރު، ރެޑްވޭވުން މިވަނީ ކާބޯތަކެތި އެންމެ ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާއިފައެވެ. އެގޮތުން މީގެ ހަފްތާއެއްހާ ދުވަސްކުރިން ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފައިވާއިރު، މިއަދު އަނެއްކާވެސް އިތުރު ބައެއް ތަކެތީގެ އަގަށް ހެޔޮ ބަދަލުތަކެއް މިވަނީ ގެނެސްފައެވެ.


ގޭބިސީތަކުގައި އެންމެ ޢާންމުކޮށް ރޯދަމަހަށް ބޭނުންވާ ތަކެތީގެ ތެރެއިން އޮރެންޖު، ކެރެޓު، އިނގުރު، ލޮނުމެދު އަދި ލުނބޯގެ އަގު މިއަދު ރެޑްވޭވުން މިވަނީ ހެޔޮކޮށްފައެވެ. އެގޮތުން އޮރެންޖެއް 3 ރުފިޔާއަށް، ކެރެޓު ކިލޯއެއް 25 ރުފިޔާއަށް ހުރިއިރު އިނގުރު ކިލޯއެއް ހުރީ 45 ރުފިޔާއަށެވެ. އަދި ލޮނުމެދު ކިލޯއެއް 35 ރުފިޔާއަށް ލިބޭއިރު ލުނބޯ ކިލޯއެއްގެ އަގު މިވަނީ 30 ރުފިޔާއަށް ހެޔޮކޮށްފައެވެ. އަދި މިތަކެތި މިއަގުތަކުގައި ރޯދަމަހުގައިވެސް ހިފެހެއްޓުމަށްޓަކައި ރެޑްވޭވްގެ އަމާޒެއްކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ.


ރެޑްވޭވުގެ އަމާޒަކީ އެންމެ ހެޔޮއަގުގައި ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް ރެޑްވޭވުން ބުނެއެވެ. އަދި ޚާއްސަކޮށް ރަމަޟާންމަހު ރައްޔިތުންނަށް ލުއިކޮށްދީ އަގުތައް ހެޔޮކޮށްދިނުމަށް ދުރާލާ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު