
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
3 weeks ago
އާޢްމުކޮށް ރަމަޟާން މަހު ޙަރަމްގައި ކުރާ ތަރާވީޙު ނަމާދުގައި 20 ރަކުއަތްކުރަމުން ދިޔަ މި ފެށޭ ރޯދަމަހު ޙަރަމްފުޅުގައި ތަރާވީޙު ނަމާދުގައި ކުރާނީ 10 ރަކުއަތްކަމަށް ސައޫދީ ސާރުކާރުން ކަނޑައަޅައިފި ކަމަށް ޢަރަބި ނޫސްތަކުން ބުނެފިއެވެ.
މިފަހަރުގެ ރޯދަމަހަށް ޙަރަމްގައި އަމަލުކުރާނެ އުސޫލުތައް ހާމަކުރައްވަމުން މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީ ބަލަހައްޓާ އިދާރާގެ އިސްވެރިޔާ ޝައިޚު އަބްދުލް ރަޙްމާން އަލްސުދައިސް ވިދާޅުވީ މިފަހަރު ރޯދަމަހު ޙަރަމްގައި ތަރާވީޙާ ވިތުރު އާއިއެކު ކުރާނީ ޖުމްލަ 13 ރަކުއަތްކަމަށެވެ. އަދި މިސްކިތަށް ވަދެވޭނީ އެކަމަށް ހުއްދަދިނުމަށް އާއްމުކޮށްފައިވާ އެޕުން ހުއްދަ ހޯދާ ފަރާތްތަކަށް އެކަނިކަމަށްވެސް ސުދައިސް ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެމެދުގައި އަޅުކަންކުރުމުގައި ޢިލްމުވެރިންގެ މެދުގައި ބައެއްމައްސަލަ ތަކުގައި ވަނީ އިޚްތިލާފްތަކެއް އުފެދިފައެވެ. ނަމާދުގެ ޖަމާއަތުގައި ހަރަމްފުޅުގައި ޢަމަލުކުރާ ގަތަކީވެސް ގައިދުރުކޮށް ނަމާދުކުރުމެވެ.
މިފަހަރުގެ ރޯދަމަހު ޙަރަމްފުޅުގައި ރޯދަވީއްލުމަށް ސުފުރާތައްވެސް ހެދުންވެސް ވަނީ ސައުދީ ސަރުކާރުން މަނާކޮށްފައެވެ. މީގެއިތުރުން މިސްކިތުގައި އިއުތިކާފަށް އިނުންވެސް މިފަހަރު ވަނީ މަނާކޮށްފައެވެ.