އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

މިސްރުގެ ސުއޭޒް ކެނަލްއަށް ބީހުނު އާގުބޯޓު ފުންކޮށްފި

6 months ago

އިބްރާހިމް ޢަލީ

މިސްރުގެ ސުއޭޒް ކެނަލްއަށް ބީހުނު އާގުބޯޓު ފުންކޮށްފިއެވެ. މަޢުލޫމާތު ލިބޭގޮތުން މި ބޯޓު ފުންކޮށްފައިވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 8:30 ހާއިރުއެވެ. އެއީ މިސްރު ގަޑިން ފަތިހު 5:30 ހާއިރުއެވެ. މިބޯޓް އެކެނަލްގައި ބީހިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.


މިހާރު ކުރިއަށްދަނީ ޓަގު ބޯޓުތައް ބޭނުންކޮށްގެން ބޯޓު ކެނަލްއިން ބޯޓު ނެރުމުގެ މަސައްކަތްކަމަށް ޚަބަރުތައް ބުނެއެވެ. ކެނަލް އަލުން ހުޅުވޭނެ ވަގުތެއް އަދި ނޭނގޭކަމަށް އޮފިޝަލުންނާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ. މިކެނަލް ބަންދުވުމުން ކޮންމެ ދުވަހަކު 12 މިލިއަން ޑޮލަރާއި 14 މިލިއަން ޑޮލަރާއި ދެމެދުގެ އާމްދަނީއެއްގެ ގެއްލުމާއި ކުރިމަތިވެފައިވާކަމަށް މަޢޫލޫމާތު ލިބެއެވެ.


މި އާގު ބޯޓު ބީހެން މެދުވެރިވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުންކަމަށް ބުނެވެން ނެތްކަމަށް މިހާތަނަށް ބެލި ބެލުމުން ފެންނަކަމަށް މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރަބީ ވަނީ ވިދާޅުވެފައެވެ. އުސާމާ ވިދާޅުވީ މި ހާދިސާ ހިނގުމަށް މެދުވެރިވުމުގައި ޓެކްނިކަލް މައްސަލަތަކެއް ނުވަތަ ހިއުމަން އެރާއެއް އުޅުމަކީ ގާތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމާއި ބެހޭ ތަހުޤީޤީ ރިޕޯޓު އާއްމުވުމުން ހުރިހާ ކަމެއް ސާފުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު