އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޝައުބާންމަހަކީ ކީރިތި ރަސޫލާ އެންމެ ގިނައިން ރޯދަ ހިތްޕެވި މަސްވަރު- ހުކކުރު ޚުތުބާ

5 months ago

އިބްރާހިމް ޢަލީ


ޝައުބާންމަހަކީ ކީރިތި ރަސޫލާ އެންމެ ގިނައިން ރޯދަ ހިތްޕެވި މަސްވަރު މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. 

ޝައްވާލުމަހުގެ 15 ވިލޭރެޔާދުވަސް މިމަޢުޟޫއަށް ރާއްޖޭގެ މިސްކިއްތަކުގައި މިއަދި އިއްވި ހުކުރު ޚުތުބާގައި ވިދާޅުވެފައިވަނީ ޝަޢޫބާންމަހަކީ ކީރިތި ރަސޫލާ އެންމެ ގިނައިން ރޯދަ ހިތްޕެވިމަސްވަރުކަމާއި އެހެންނަމަވެސް ރޯދަމަސް ފިޔަވައި އެހެންމަހެއްގެ ހުރިހާ ދުވަހަކު ކީރިތި ރަސޫލާ ރޯދަނުހިތްޕަވާކަމަށެވެ. 

މާތްނަބިއްޔާ ރޯދަ ހިތްޕަވާލެއް ގިނަކަމުން އުސާމާބުނު ޒައިދުގެ ފާނު އެކާމާސުވާލު ދެންނެވުމުން ރަސޫލާ ހަދީސްކުރައްވާފައިވަނީ އޭއީ ރަޖަބުމަހާ ރަމަޟާންމަހާ ދެމެދުގައިވާ މަހެއްކަމާއި އެމަހާ މެދު މީސްތަކުން ޤާފިލުވާމަހެއްކަމަށެވެ. އެމަހަކީ ޢާލަމްތަކުގެ ވެރި އިލާހުގެ ހަޟުރަތަށް އުފުއްލެވޭ މަހެއްކަމާއި އެމަހުގައި ތިމަންކަލޭގެ ފާނު ރޯދަފުޅަށް ހުންނަވަނިކޮށް ތިމަންކަލޭގެ ފާނުގެ ޢަމަލު ފުޅުތައް ﷲގެ ޙަޟުރަތަށް އުފުއްލެވުމަށް ލޯބިކުރައްވާކަމަށެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ރަމަޟާންމަހުން ފާއިތުވެފައިވާ ރޯދަތަށް މިމަހުގައި ޤާޟާކުރުން އަވަސްވެގަތުމަށް ހަނދާންކޮށްދީފައިވެސް ވެއެވެ. 

ކިޔުންތެރިންގެ ހިޔާލު