އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ދިވެހި ޕްރިމިއާ ލީގު ފަށަން ހުއްދަ ދީފި

4 weeks ago

އިބްރާހިމް ޢަލީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ އެންގުމަށް މިދިޔަމަހުގެ 3 ވަނަ ދުވަހު މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ދީފިއެވެ.

މިހުއްދަ އާއެކު މާދަމާ އަލުން މެޗްތައް ފަށަން އެ އިދާރާ އިން ނިންމާފައިވާކަމުގެ މަޢުލޫމަތު ވަނީ ލިބިފައެވެ. އަދި ލީގުގެ ޝެޑިއުލް މިއަދުގެ ވަގުތެއްގައި ކްލަބްތަކަށް ހިއްސާކުރާނެ ކަމަށްވެސް މަޢޫލޫމާތު ލިބެއެވެ.

ލީގު މެދުކަނޑާލިއިރު، 21 ޕޮއިންޓާއެކު އެއްވަނައިހައި އޮތީ މާޒިޔާ އެވެ. 15 ޕޮއިންޓާއެކު ދެ ވަނައިގައި އޮތް ވެލެންސިއެވެ.

އެގޮތުން މާދަމާކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕާ ޔުނައިޓެޑް ސްޕޯޓްސް އާއި އީގަލްސް އެވެ.

ލީގު އަލުން ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން ލީގު ފެށުމުގެ ހުއްދަދިނުމަށް އެދި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން އާދޭސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ވަނީ ވާނުވާގައި ތިބެން ޖެހުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.ކިޔުންތެރިންގެ ހިޔާލު