އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ފީފާގެ ކުރީގެ ރައީސް އިތުރު 6 އަހަރާއި 8 މަހަށް ސަސްޕެންޑްކުރަން ފީފާއިން ނިންމައިފި

4 weeks ago

އިބްރާހިމް ޢަލީ

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ އިތުރު މައްސަލަތަކެއް ބަލައި، އޭނާ ހަ އަހަރާއި އަށް މަހަށް ސަސްޕެންޑްކުރަން ފީފާއިން ބުދަ ދުވަހު ނިންމައިފިއެވެ.

ސެޕް ބްލެޓާ މިހާރުވެސް ހުރީ ކަރްޕްޝަންގެ މައްސަލަތެއް ސާބިތުވެ 6 އަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފައެވެ. މިސަސްޕެންޝަން އައީ 2015 ވަނަ އަހަރުގައެވެ. އެހެންކަމުން  މިހާރު އޮތްގޮތުން ބްލެޓާ އެއްކޮށް މިނިވަންވާނީ 2028 ވަނަ އަހަރެވެ.

ބުދަ ދުވަހު ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްލެޓާ އާއި ވަލްކޭއަށް މި އަދަބު ދޭން ނިންމީ އެ އިދާރާގެ މުބާރާތްތަކަކާ ގުޅޭ ބޯނަސްތަކެއްގެ ސިފައިގައި ރިޝްވަތުގެ ފައިސާ ދައުރުކުރި މައްސަލައިގައި ކަމަށެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މުއްދަތުގެ ތެރޭގައި ބޯނަހުގެ ގޮތުގައި ބްލެޓާއަށް 18 މިލިޔަން ޕައުންޑް ލިބިފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާކަމަށް ފީފާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު