އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ވިސާ ކާޑުގެ ޓްރާންސެކްޝަންތައް ސެޓްލްކުރެވޭނީ ދިވެހި ރުފިޔާއިންކަމަށް އެމްއެމްއޭއިން ނިންމި ނިންމުމަށް އަންނަ އޭޕްރީލް 15ގައި އަމަލުކުރަން ފަށަނީ

4 weeks ago

އިބްރާހިމް ޢަލީ

ވިސާ ކާޑު ޓްރާންސެކްޝަންތައް ސެޓްލްކުރެވޭނީ ދިވެހި ރުފިޔާއިންކަމަށް އެމްއެމްއޭއިން ނިންމި ނިންމުމަށް އަންނަ އޭޕްރީލް 15ގައި އަމަލުކުރަން ފަށަން ނިންމައިފި އެވެ. މިދިޔަ އަހަރު ތެރޭގައި ވިސާ އިން ދިވެހިރާއްޖޭގައި "ނެޝަނަލް ނެޓް ސެޓްލްމަންޓް ސަރވިސް" ވަނީ ތަޢާރަފު ކޮށްފައެވެ.

އެމްއެމްއޭއިން ބުނީ އެ ބަދަލާއެކު ކާޑު ޓްރާންސެކްޝަންތައް ސެޓްލް ކުރުމަށް ބޭންކްތަކުން ޔޫއެސް ޑޮލަރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަ ވެގެންދާނެ ކަމަށެވެ.

އެ ބަދަލާއެކު ރާއްޖޭގެ ހުރިހާ މާޗަންޓް އައުޓްލެޓްތަކުން އެ ފަރާތްތަކުގެ މުދަލާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑަކުން ފައިސާ ބަލައިގަންނަނަމަ، އެ ފައިސާ ބަލައިގަނެވޭނީ ހަމައެކަނި ދިވެހި ރުފިޔާއިންނެވެ. އަދި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ހެދުމަށް ބޭނުން ކުރެވޭނީވެސް ހަމަ އެކަނި ދިވެހި ރުފިޔާ އެވެ.

އެމްއެމްއޭއިން ވިދާޅުވީ ރާއްޖޭގައި ވިސާ ގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސަރވިސް" ތަޢާރަފް ކުރެވިގެންދިޔުމާއިއެކު މި ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ވެސް ދިވެހި ރުފިޔާއިން ހެދޭނެ މަގު މިހާރު ވަނީ ފަހިވެފައި ކަމަށެވެ.

މިއާއެކު ރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިންގާ އެންމެހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ދިވެހި ރުފިޔާ ބޭނުން ކުރުމަށް، ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި ކާޑު ޕޭމަންޓް އެކުއަޔަރ ކުރާ ފަރާތްތަކަށް އެމްއެމްއޭ އިން ވަނީ އަންގަވާފައެވެ.ކިޔުންތެރިންގެ ހިޔާލު