އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދޭން މަޝްވަރާތަކެއް ކުރަނީ

4 weeks ago

އިބްރާހިމް ޢަލީ

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.


މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ އަކީ އިގްތިސޯދަށް މަންފާ ހޯދަން މަސައްކަތްކުރާ މިނިސްޓްރީއަކަށްވާއިރު މިޔަރު މަސްވެރިކަމަށް ފުރުސަތު ދޭން މަޝްވަރާތައް ވެސް ކުރާ ކަމަށެވެ.


މިނިސްޓަރ އިތުރަށް މިޔަރު ހިމާޔަތް ކޮށްގެން އުޅެނީ ވަރަށް މަދު ގައުމެއްގައި ކަމަށާއި މިޔަރުގެ މަސްވެރިކަމަކީވެސް ރިސޯސެއް ކަމަށާއި އެހެންކަމުން އެ ރިސޯސް ބޭނުން ނުކޮށް ތިބެންވީ ސަބަބެއް ނެތް ކަމަށްވެސް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

މިޔަރަކީ ކަނޑުގެ ދިރުންތައް ޝިކާރަ ކުރާ މަހެކެވެ. މިޔަރު އާބާދީ އިތުރުވުމަކީ ކަނޑުގެ އެހެން ދިރުންތަކަށް އަސަރުކުރާ ކަމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.


މިޔަރު ގިނަވުމުގެ ސަބަބުން ހާއްސަކޮށް ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ގެންދަނީ މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ވެސް ގޮވާލަމުންނެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގެންދަނީ މިޔަރުގެ މަސްވެރިކަން އަލުން ހުޅުވާލުމާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.


ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ފެށީ 1970 ގެ އަހަރުތަކުތެރޭގައެވެ. މިޔަރުގެ މަސްވެރިކަން މަނާކޮށް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން މިޔަރު ހިފުން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު