އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

މ.ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

4 weeks ago

އިބްރާހިމް ޢަލީ

ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 121.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި 2 މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައި ވަނީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މަޝްރޫއު އިފްތިތާހުކޮށްދެއްވީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އވިދާޅުވީ އެމްޓީސީސީގެ ޓީމަކީ ހަލުވު ޓީމެއް ކަމަށާއި ތަނަކަށް އައިސް ތަތްގަނޑެއް ވައްޓާލާ ބައެއް ނޫން ކަމަށާއި މިވަގުތު ވެސް ރާއްޖޭގެ 42 ރަށެއްގައި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިލަބާޖު ދިއްގަރަށް ވަންނާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވީ ދާއިރާގެ ރަށްތަކަށް ކަންކަން ނުވެހުރީ ކުރީގެ މަޖިލިސް މެންބަރުން މަސައްކަތްކުރެއްވީ އަމިއްލަ އެދުން ފުއްދުމަށް ކަމަށްވާތީއެވެ.

 



ކިޔުންތެރިންގެ ހިޔާލު