އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

200 އަށްވުރެ ގިނަ އެކައުންޓް އުވާލަން އެސް.ބީ.އައި އިން ނިންމައިފި

4 weeks ago

އިބްރާހިމް ޢަލީ

200 އަށް ވުރެ ގިނަ އެކައުންޓް އުވާލަން އެސް.ބީ.އައި އިން ނިންމައިފިއެވެ. އުވާލަން ނިންމާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައި ހުރި އެކައުންތްތަކުގެ ތެރެއިން އެއްވެސް މުއާމަލާތެއް ނުކުރާތާ ގިނަ ދުވަސްވެފައިވާ އެކައުންތްތަކެވެ. އެގޮތުން ޖުމުލަ  200 އަށްވުރެ ގިނަ އެކައުންޓް އުވާލަން އެ ބޭންކުން ނިންމާ އެކަން އިޢުލާންކޮށްފިއެވެ.

އެސްބީއައިއިން ބުނީ މުޢާމަލާތް ނުކުރާތާ ގިނަ ދުވަސްވެފައިވާ އެކައުންޓްތަކުގެ ވެރިފަރާތުން 1 ޖޫންގެ ކުރިން އެކައުންޓާއި ގުޅޭގޮތުން ގޮތެއް ނުނިންމައިފިނަމަ އެފަދަ އެކައުންޓްތައް ބަންދުކޮށް ބޭންކިންގ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކައުންޓްތަކުގައި ހުރި ފައިސާ އެމްއެމްއެމްއާއި ހަވާލުކުރާނެކަމަށެވެ.

އެބްސީއައިއިން ބުނީ އެ ބޭންކުގައި އެއްވެސް މުއާމަލާތެއް ނުކުރާތާ 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 253 އެކައުންޓް އެބަހުރި ކަމަށެވެ. އެސްބީއައިއިން ވަނީ އެ ބޭންކުގައި ހުރި ޑޯމަންޓް އެކައުންޓްތަކުގެ ވެރިފަރާތާއި އެމީހުންގެ އެޑްރެސް ޤެޒެޓްގައި އާންމުކޮށްފައެވެ. އަދި ޑޯމަންޓް އެކައުންޓްގެ ތަފްސީލް އެ ކަސްޓަމަރަކު އެ ބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން އަންގަމުންދާކަމަށްވެސް ބޭންކުން ބުނެއެވެ.

ދިވެހިރާއްޖޭގެ ބޭންކިންގއާއިބެހޭ ޤާނޫނު ބުނާގޮތުން އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކުރާތާ ނުވަތަ ބޭންކަށް ލިޔުމަކުން އެއްވެސް އެއްޗެއް އަންގާފައިނުވާތާ 5 އަހަރުދުވަސް ވެފައިވާ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބަލާ އެކައުންޓްތަކެވެ.

އެސްބީއައިއިން ވަނީ ޑޯމަންޓް އެކައުންޓެއް އެ ބޭންކުގައި އޮތްނަމަ ނުވަތަ އޮތްކަމަށް ޤަބޫލުކުރެވޭނަމަ އެކަން ބޭންކަށް އެންގުމަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު