އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވައިފި

1 month ago

އިބްރާހިމް ޢަލީ

ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަކީ، މި ޤައުމުގެ ކުރިމަގާއި، އަޅުގަނޑުމެން ދިވެހިންގެ ދިރިތިބުމާއި، ކުރިމަގާ ގުޅި، ލާމެހިފައިވާ އެއްޗެކެވެ. ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެނެސްދީ، ޤައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ތިމާވެށި ހިމާޔަތްކުރުމަކީ، އިސް ދައުރެއް އަދާކުރާ އެއް ކަމެވެ. ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމުގައި، އަދި ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް ކުރާ ކޮންމެ މަސައްކަތެއްގައި ވެސް، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކޮށް، އަޅުގަނޑުމެންގެ މި ނާޒުކު ވެށި ހިމާޔަތްކުރެވޭނެ ގޮތަށް ކަންކަން ރޭވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. ރައްޔިތުންގެ މަޖިލިސް 2021 ވަނަ އަހަރު ހުޅުވައިދެއްވުމަށް ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވަނީ، މި ކަންކަމަށް ވަރަށް ބޮޑަށް އަލިއަޅުއްވައިލައްވާފައެވެ.


ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން، ހުސްވި އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ. ފާއިތުވި ދެ އަހަރަށް ބަލައިލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޢާދަކުރަވަނިވި ހަކަތައިން ކަރަންޓް އުފެއްދޭނެ މިންވަރު ވަނީ ތިން ގުނައަށް އިތުރުކޮށްފައެވެ. "ކަރަންޓު އުފެއްދުމުގައިވެސް، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، 26 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ 2.86 މެގަވޮޓުގެ ސޯލާ ޕެނަލްތައް މިދިޔަ އަހަރުވާނީ ޤާއިމުކޮށްފައި. އަދި އިތުރު 61 ރަށެއްގައި މި ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ. އެ ނިޒާމުތަކުން ޖުމްލަ 36 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ތިމާވެށީގެ އެންމެ ބޮޑު އެއް ހަތުރު ކަމުގައިވާ ޕްލާސްޓިކާއި ޕްލާސްޓިކުން އުފައްދާފައިވާ ތަކެތި ރާއްޖޭގައި ބޭނުންކުރާ، އަދި އުކައިލާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ވަނީ ބޮޑެތި، އަދި ހަރުދަނާ މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު އިޞްލާޙުކޮށް، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ބައެއް ތަކެތި ކަނޑައަޅާ، އެ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރުމެވެ. އަދި، އެ ތަކެތީގެ ލިސްޓު ކަނޑައަޅުއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ 2020 ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު އެ ލިސްޓު ޢާންމުކުރައްވާފައެވެ. އެ ލިސްޓުގައި ހިމެނޭ ނުވަ ބާވަތެއްގެ ޕްލާސްޓިކް އުފެއްދުންތައް، މި އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާވާނެއެވެ.


ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތުގައި ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކޮށް، ނައްތައިލުމެވެ. މި ކަމަށް ހައްލު ހޯދައިދޭން ވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއް މަސައްކަތަކީ، ރަށްރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ޖަމާވެފައިވާ ކުނި ނައްތައިލުމެވެ. މި ގޮތުން، ވޭސްޓް މެނޭޖްމަންޓް ކޯޕޮރޭޝަން (ވެމްކޯ) މެދުވެރިކޮށް، 20 ރަށެއްގައި ޖަމާވެފައިވާ ކުނިތައް ހަތް މަސްދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.


"މިކަން ދާއިމީ ގޮތެއްގައި ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް މިއަންނަނީ ތަރައްޤީކުރަމުން. މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމްކޮށްދިނުމަށް،" ކުނީގެ މައްސަލައާމެދު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.


ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން އިޖްތިމާޢީ މައްސަލަތައް މަދުކޮށް ރައްކާތެރި އަމާން މާހައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވައިލައްވާފައެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން، އަދި ޙާއްޞަކޮށް ޒުވާނުންނަށް، މުޖުތަމަޢަށް އެނބުރި އައުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ކުޑަ ކުދިންނަށް ކުރާ އަނިޔާތަކާއި، ޖިންސީ ގޯނާއާއި، ގެވެށި އަނިޔާއާއި ގުޅުންހުރި ކުއްތައް ބަލައި، އަވަސް ތަހުޤީޤެއްކޮށް، އިންސާފު ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.


ސަރުކާރުން ހައްލު ހޯދައިދޭން މަސައްކަތްކުރާ އިޖުތިމާޢީ އަނެއް މައްސަލައަކީ، އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ޞައްޙަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލައެވެ. މި ކަމަށް އަލިއަޅުއްވައިލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ބަޔަކު ޤަޞްދުގައި ހިންގާފައި އޮތް މިބޮޑު ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް މިއަންނަނީ ފިޔަވަޅުތަކެއް އަޅަމުން. އެފަދަ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމްގައި، މިހާތަނަށް 41,000 ބިދޭސީއަކު، އަމިއްލައަށް އެދިގެން ރެޖިސްޓްރީވެއްޖެ. އަދި ޞައްޙަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން، 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ޤައުމަށް އެނބުރާ ފޮނުވައިދެވިއްޖެ. އަދި ލިޔެކިޔުންތައް ހުރި 8,000 އަށް ވުރެ ގިނަ ބިދޭސީންވެސް، އެމީހުންގެ އެދުމުގެ މަތިން، މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފޮނުވައިދެވިއްޖެ. މި ޕްރޮގްރާމް މިއަހަރުވެސް ކުރިއާށްދާނެ."


އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެކުލަވައިލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭން ސަރުކާރުން މިހާރު ގެންދަނީ ތަންފީޒު ކުރަމުންނެވެ. މީގެ ތެރެއިން، އެންޓި-ޓްރެފިކިން އިން ޕާސަންސް އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށް ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު