އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ޝަރަފުވެރި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވައިފި

3 weeks ago

އިބްރާހިމް ޢަލީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތް 2020ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވައިފިއެވެ.


މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި އަހަރު ކޯވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއިން ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ހޯދުމަށް އައު އަހަރާއެކު އައު އަޒުމެއްގައި މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި، މި ކަމުގައި ހުރިހާ ބެލެނިވެރިން ވެސް، ދަރިވަރުންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، މި އަހަރުގެ މުބާރާތް ވަރޗުއަލްކޮށް ކުރިއަށް ގެންދިއުމުގެ ކަންކަން އިންތިޒާމުކޮށް، މުބާރާތުގެ އެންމެހައި ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.


ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތް އިންތިޒާމުކޮށްފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް މުބާރާތުގައި ބައިވެރިވެވޭ ގޮތަށެވެ. މިއީ، މި ގޮތަށް މިފަދަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ އަދި ދެވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި، ޤުރުއާން ހިތުދަސްކުރި ފަސް ޙާފިޡުންނަށް ވެސް އެ މަނިކުފާނު އިނާމު ހަވާލުކޮށްދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު