އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އ.ދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރއާއި ބައްދަލުކުރައްވައިފި

6 days ago

އިބްރާހިމް ޢަލީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އ.ދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލްއާއި ބައްދަލުކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އ.ދ. ގެ އެކި އެޖެންސީތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާ، އެ ކަމަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް، މިހާރުގެ ކޯވިޑް-19 ހާލަތުގައި ފޯރުކޮށްދެމުންދާ އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.


މިއަދުގެ ބައްދަލުކުރެއްވުމުގައި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ވަނީ ރާއްޖޭގެ ސަރުކާރުން ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ އެ ކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި މި ދަތި ހާލަތުގައި އިސްކަން ދޭންޖެހޭ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތައް އަލުން އާރާސްތުކުރުމަށް ވިސްނުން ގެންގުޅުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި، އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ.އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން އެ ކަމަނާ އެރުވިއެވެ.


މި ގޮތުން، އިޖުތިމާޢީ ޚިދުމަތްތައް ދިނުމުގައި ޤައުމީ އެއް ލަނޑުދަނޑިއެއް ކަނޑައަޅައި، އެ ގޮތަށް މަސައްކަތް ކުރުމާއި، ކްރިޓިކަލް ސަރވިސް ކެއަރގެ ދާއިރާއިން މީހުން ބިނާކުރުމާއި، އަދި ޤައުމުގެ މުހިންމު މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަމަށް ވެސް މި ބައްދަލުކުރެއްވުމުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.


މިއަދުގެ ބައްދަލުކުރެއްވުމުގައި ޔުނިސެފްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޑރ މުނީރު ޝަފީލްދީންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުޞްޠަފާ ލުޠުފީއާއި، ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ޞަބްރާ އިބްރާހީމް ނޫރައްދީނާއި، އަންޑަރ ސެކްރެޓަރީ ޢާއިޝަތު ނަޒްހަތު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު