އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގައި މީރާއިން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު އާންމުކޮށްފި

1 week ago

އިބްރާހިމް ޢަލީ

ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގައި މީރާއިން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު 16 ނޮވެންބަރު 2020 ގައި ގެޒެޓްކޮށްފިއެވެ.


މި ގަވާއިދަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން އަދި މީރާގެ އިޚްތިޞާޞް ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން، ޓެކުހާ ގުޅޭ ޖިނާއީ ކުށުގެ ތަޙުޤީޤުތައް ކުރިޔަށް ގެންދިއުމުގައި މީރާއިން ޢަމަލުކުރާނެ އުސޫލު ބަޔާންކޮށް ތައްޔާރުކޮށްފައިވާ ގަވާއިދެއްކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، މި ގަވާއިދަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުން މީރާއަށް ދީފައިވާ ބާރުތަކުގެ ބޭރުން އިތުރު ބާރުތަކެއް ލިބިދޭ ގަވާއިދެއްނޫން ކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ. މީރާއަކީ، 2010 ވަނަ އަހަރު ތަޞްދީޤުކޮށްފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ތަޙުޤީޤު ކުރުމުގެ ބާރު ލިބިފައިވާ މިނިވަން، މުސްތަޤިއްލު، މުއައްސަސާއެކެވެ.


މީރާއިން މައުލޫމާތުދޭގޮތުގައި، މި ގަވާއިދުގައި، ޓެކުހާ ގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރާކަމުގެ، ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު މީރާއަށް ހުށަހެޅުމުން، މީރާއިން ޢަމަލުކުރާނެ ގޮތާއި، މައްސަލަ ހުށަހެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމަނާފައިވެއެވެ. އަދި، މީރާއިން ކުރިޔަށްގެންދާ ތަޙުޤީޤަކާ ގުޅިގެން މީހުން ހާޒިރުކުރުމާއި ސުވާލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް މި ގަވާއިދުގައި ކަނޑައަޅާފައިވާނެކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، މި ގަވާއިދުގައި މީރާއިން ކުރިޔަށްގެންދާ ތަޙުޤީޤަކާ ގުޅިގެން، ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމުގައި ޢަމަލުކުރާނެ އުސޫލުތައް، އަދި މި ފަދަ ތަޙުޤީޤަކާއި ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމާއި ބޭންކް އެކައުންޓު މޮނިޓަރކުރުމާއި އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގައި ޢަމަލުކުރާނެ އުސޫލުތައްވެސް ކަނޑައަޅާފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު