އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

1 week ago

އިބްރާހިމް ޢަލީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.


މި ބައްދަލުކުރެއްވުމުގައި ޑައިބިޓީސް ސޮސައިޓީގެ އިސް ބޭފުޅުން ވަނީ އެ ބޭފުޅުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. ހަމަ އެއާއެކު އެ ބޭފުޅުން ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި އެ ޖަމުޢިއްޔާއިން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ވެސް ޙިއްޞާ ކުރައްވާ، އެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދަންނަވާފައެވެ. އަދި ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ޚިދުމަތްދިނުމާ ގުޅޭ ގައިޑްލައިނެއް އެކުލަވައިލުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އެކު މަޝްވަރާކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރާއި އެހެނިހެން މުވައްސަސާތަކަށް މެދުވެރިކޮށް ޑައިބިޓީސް ސޮސައިޓީއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމުގައެވެ. އަދި، އެ ޖަމުޢިއްޔާއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މަޢުލޫމާތު އެ މަނިކުފާނު ސާފުކުރެއްވިއެވެ. މީގެ އިތުރުން، އެ މަނިކުފާނު ވަނީ ޑައިބިޓީސް ސޮސައިޓީއިން ކުރަމުންދާ ބުރަ މަސައްކަތާއި ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ފާހަގަކުރައްވާ، އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދައްނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު