
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
3 months ago
ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީންނަށް ދިގު މުއްދަތަކަށް ވިސާ ދޭން ޖެހޭ އިސްލާހެއް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން އެ ވިސާއަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓެއްގެ ހިއްސާދާރެއް ގޮތުގައި ތިބޭ ބިދޭސީންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް ހުއްދަ ދެވޭ ވިސާއެކެވެ.
މި ގޮތުން ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީއަކު އެ ވިސާއަށް އެދުމުން ދޫކުރާނީ ފަސް އަހަރުގެ މުއްދަތަށެވެ. އެ ހާލަތު އޮންނަހާ ހިނދަކު ފަސް އަހަރަށް ފަހު ވިސާ އާ ކުރަން ޖެހޭއިރު ވިސާ އާކޮށްދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
މަޖިލީހުގެ ކޮމިޓީގެ ރިޕޯޓް ނިންމައި ތަޅުމަށް ފޮނުވާފައިވާއިރު އެ ރިޕޯޓްގައިވާ ގޮތުން ރާއްޖެއިން ބިދޭސީންނަށް މިހާރު ދޫކުރާ ވިސާގެ އިތުރަށް ކޯޕަރޭޓިވް ވިސާގެ ނަމުގައި އާ ވިސާއެއް ތައާރަފް ކުރާނެއެވެ.
މީގެ އިތުރުން ފަސް އަހަރުގެ މުއްދަތަކަށް ދިވެހިންނާ ކައިވެނިކޮށް އުޅޭ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރުމަށް ހިމަނާފައިވެއެވެ. ކުރިން އޮތީ އަހަރުން އަހަރަށް ވިސާ އާ ކުރަން ޖެހޭ ގޮތަށެވެ.
މި ކަމަށް ޝަރުތުތަކެއް ވެސް ހިމެނެއެވެ. ކައިވެންޏަށް މަދު ވެގެން ހަތް އަހަރު ވުމާއި ހަތް އަހަރު ރާއްޖޭގައި ދިރިއުޅެފައި ވުމާއި ހޭދަވި ކޮންމެ އަހަރެއްގައި މަދުވެގެން އަށް މަސް ދުވަހު ރާއްޖޭގައި ދިރިއުޅެފައި ވުމަކީ ޝަރުތެކެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.