އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ފައިސާ ފޭރެން އެހީތެރިވި ތިން މީހެއްގެ ވަނަވަރު އާންމުކޮށްފި

2 weeks ago

އިބްރާހިމް ޢަލީ

ބޭންކަށް ޖަމާކުރުމަށް ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަންނަން އުޅުނު މައްސަލައާއި ގުޅުންހުރި 3 މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ. ވަނަވަރު ހާމަކޮށްފައިވާ މިތިން މީހުންނަކީ އެންމެ ފަހުން ހައްޔަރު ކުރި ތިން މީހުންގެއެވެ.


މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހިނގި މިޙާދިސާގައި ފޭރިގަންނަން މަސައްކަތް ކޮށްފައިވަނީ ރޫޓް ފިހާރައިން، ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ފައިސާއެވެ.


އޮކްޓޯބަރު 25 ވަނަ ދުވަހުގެ ހެނދުނު ބޭންކް އޮފް ސިލޯން (ބީއޯސީ)އަށް ޖަމާކުރަން ގެންދިޔަ ރޫޓްގެ 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ފޮޓޯ އާއި އެޑްރެސް ފުލުހުން  މީގެ ކުރިންވެސް އާއްމުކޮށްފައި ވެއެވެ. އެހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) އެވެ.


އެ ތިން މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، މުޙައްމަދު މާހީން މަދީޙް (20އ) އާއި ސ. ފޭދޫ / ރަންކޮކާގެ، އަޙްމަދު މާހިލް ސަޢީދު (21އ) އާއި ރ. ރަސްމާދޫ / އޯކިޑްމާގެ، މުޙައްމަދު އަޒުމީން (30އ) އެވެ.


ފުލުހުން ވިދާޅުވީ، މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު