އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑަން ކާމިޔާބުކުރައްވައިފި

4 months ago

އިބްރާހިމް ޢަލީ

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ކާމިޔާބު ކުރައްވައިފިއެވެ.

އެމެރިކާގެ ބައެއް ޓީވީ ނެޓްވޯކްތަކުން ވަނީ ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވިކަން އިއުލާންކޮށްފައެވެ.

އަންނަ ޖެނުއަރީ މަހުގައި ރައީސް ކަމާއި ޙާވާލުވެވަޑައިގަތުމުން ބައިޑަން ވެވަޑައިގަންނަވާނީ އެމެރިކާގެ 46 ވަނަ ރައީސެވެ. އުމުރުން 78 އަހަރުގެ ބައިޑަން ވެގެންދާނީ މިހާތަނަށް އެމެރިކާގެ ވެރިކަމަށް އިސްވެވަޑައިގަންނަވާ އުމުރުގެ ގޮތުން އެންމެ ދޮށީ ރައީސަށެވެ. އަދި ހަމައެހެންމެ ބައިޑެން އަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި މިހާރު ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއްބޭފުޅާއެވެ. ބައިޑެން ވަނީ އެމެރިކާގެ ސިޔާސީ މަސްރަހުގެ އެންމެ އިސްސަފުގައި 44 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ މުހިންމު ސްޓޭޓުތަކުގައި ރައީސް ޓްރަންޕާއި ބައިޑަންގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ރައީސްކަމަށް އިންތިޚާބުވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓުގެ އެންމެ ފަހު ވޯޓުކޮޅު ކާމިޔާބުކުރެއްވީ 'ބެޓުލްގުރަންޑު' ސްޓޭޓެއްކަމަށްވާ ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިގެންނެވެ. މިހާތަނަށް 284 އިލެކްޓޯރަލް ވޯޓު ބައިޑަން ކާމިޔާބުކުރައްވާފައިވާއިރު ރައީސް ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 214 ވޯޓެވެ. ބައެއް ސްޓޭޓުތަކުގެ ވޯޓު ގުނުން އަދިވެސް ދަނީ ކުރިއަށެވެ.

ބައިޑަން އިންތިހާބު ކާމިޔާބުކުރެއްވިއިރު އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި މިހާރު ރައީސް ޓްރަންޕު ކާމިޔާބުކުރެއްވި ބޮޑެތި ސިޓީތަކުގެ ނަތީޖާ އަނބުރާލައްވާފައެވެ. މީގެތެޜޭގައި އެރިޒޯނާ ، ފެންސަލްވޭނިއާ، ޖޯޖިއާވެސް ހިމެނެއެވެ.

ބައިޑެން ވަނީ 1973 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަައަށް އެމެރިކާގެ ސެނެޓް މެންބަރުކަން ކުރައްވާފައެވެ. ސެނެޓްގެ މެންބަރުކަން 36 އަހަރު ކުރެއްވުމަށް ފަހު ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސްއެއްގެ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް އޭނާ ހުންނެވިއެވެ.

77 އަހަރުފުޅުގެ ބައިޑެން މަތީ ތައުލީމް ހާސިލް ކުރެއްވީ ޤާނޫނީ ދާއިރާއިންނެވެ. އޭނާ ފާހަގަ ކުރެވުނީ ވަރުގަދަ ޑިޕްލޮމެޓެއްގެ ގޮތުގައެވެ. ހާއްސަކޮށް ސެނެޓްގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި ދިގު މުއްދަތެއް ވަންދެން ބައިޑެން ކުރެއްވި މަސައްކަތްޕުޅަށް ގިނަ ބައެއްގެ ތައުރީފް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު