
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
4 months ago
މިދިޔަމަހުގެ ތެރޭގައި 41757 ބަސްތާގެ ކާޑު އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ދަނީ ހަނޑޫ، ހަކުރު، ފުށް މަލޭގެ ސުޕަރމާކެޓްތަކާއި، ކަންމަތީ ފިހާރަތަކުގެ އިތުރުން، ރަށްރަށަށް ގެންދިއުމަށް ކާޑުގެ ބާވަތްތައް އޮޑިދޯނިފަހަރާ ހަމައަށް ގެންގޮސްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
އެކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރުމަހުގެ ތެރޭގައި އަތޮޅުތެރޭގެ ރަށްތަކަށް 41757 ބަސްތާގެ ކާޑު ވަނީ ފޮނުވާފައެވެ.
މިދިޔަ މަހު އަތޮޅުތެރެއިން 506 އޯޑަރެއް ވަނީ ލިބިފައެވެ. އެއީ 18458 ބަސްތާ ހަނޑުލާއި، 5868 ބަސްތާ ހަކުރާއި، 17431 ބަސްތާ ފުށެވެ.
އަތޮޅުތެރޭގެ އިތުރުން މާލޭގެ އެކިއެކި ފިހާރަތަކަށް ފޮނުވާފައިވާ ކާޑުގެ ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު މާލެއިން ލިބިފައިވާ 2052 އޯޑަރަކަށް ވަނީ ކާޑުގެ ބާވަތްތައް ފޮނުވާފައެވެ. އެއީ ޖުމްލަ 19079 ބަސްތާ ހަނޑުލާއި، 4756 ބަސްތާ ހަކުރާއި، 10748 ބަސްތާ ފުށެވެ.
ައަތޮޅޭ
ފޮނުވީތަ ނޫނީ ރައްޔިތުމީހާ ގޮސްގަނެގެން ގެނައީތަ؟
3 months ago