އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ފަޅޯ އައުރުސް ތައްޔާރުކުރާނެގޮތް

10 months ago

ޖުވޭރިޔާ ވަޖުދީ

މިއަދު މިގެނެސްދެނީ ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭ ފަޅޯ ބޭނުންކޮށްގެން ފަޅޯ އައުރުސް ތައްޔާރު ކުރާނެގޮތެވެ. މިއީ ހަދާލަން ވަރަށް ފަސޭހަ ރަހަމީރު ބާވަތެކެވެ. ޢާންމުކޮށް ގޭގައި ހަދާލަން ފަސޭހަ އެއްޗެއްގެ އިތުރުން މޭވާއާއި ތަރުކާރީގެ ބާވަތްތައް މިހާރުވަނީ ބާޒާރުގައި ވަރަށް ތިޔާގިވެފައެވެ.


ބޭނުންވާތަކެތި


6 ޖޯޑު ފަޅޯ ( ރިއްސެޔޮލީ ) ( ފަޅޯ ފެނުކައްކާ ޗަސްކޮށްފައި)

4 ޖޯޑު ދިވެހިހަކުރު

2 /1 ޖޯޑު ދޯބްރާލު ހަކުރު

1 ޖޯޑު މާފެން


ތައްޔާރުކުރާނެގޮތް


ތާހަށް ހަކުރު އަޅާލާފައި އުނދުން މައްޗަށް އުދާލާށެވެ. ހަކުރު ދިޔާވީމާ ފަޅޯކޮޅު އަޅާލާފައި މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ. ހަރުވާންފެށުމުން މާފެން އެއްކޮށްލާށެވެ. ކާރިފަށްހިކި ދޭފަތުން ހަލަމުންދާއިރު ތާހުގެ އަޑި ފެންނަވަރުވީމާ އުނދުންމަތިން ބާލާފައި އަތުގައި ބަޓަރުކޮޅެއް ހާކާލާފައި ދިގުކޮށް އާދައިގެ ސޮސެޖެއްގެ ސައިޒަށް ވަށާލާށެވެ. ޓްރޭއެއްގައި އަތުރާލާފައި ހިކެން ދެން ބަހައްޓާށެވެ. ނުވަތަ ހިކިކެޔޮފަތްކޮޅެއްގައި ވަށާލާށެވެ.

ކިޔުންތެރިންގެ ހިޔާލު