
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
4 months ago
މިއަދު މިގެނެސްދެނީ ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭ ކުކުޅުގެ ބާވަތެއް ބޭނުންކޮށްގެން ޗިކަން ސަބްމެރިން ތައްޔާރު ކުރާނެގޮތެވެ.
މިއީ ހަދާލަން ވަރަށް ފަސޭހަ ރަހަމީރު ބާވަތެކެވެ. މިއީ ޢާންމުކޮށް ގޭގައި ހަދާލަން ފަސޭހަ އެއްޗެއްކެވެ.
ބޭނުންވާތަކެތި
1 ދިގުބަނަސް (މެދުން ދެފަޅިކޮށް ކުޑަކޮށް ބަނަހުގެ އެތެރެ ފަރާތް ފިހެފައި)
2/1 ޖޯޑު ކުދިކޮށް ކޮށާފައިހުރި ކުކުޅުމަސް (ބޯންލެސް)
2 މޭޒުމަތީ ސަމުސާ ފިޔާ (ހިމުންކޮށް ކޮށާފައިހުރި)
1 ކެޕްސިކަމް (ހިމުންކޮށް ކޮށާފައި)
1 ޓޮމާޓޯ ފޮތިކޮށް ކޮންމެ ފޮއްޗެއް ދެފަޅިކޮށްފައި
2 ޗީޒް ފޮތި (ސްލައިސް ޗީޒް)
2/1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
2 މޭޒުމަތީ ސަމުސާ މެޔޮނައިސް
2/1 މޭޒުމަތީ ސަމުސާ ބަޓަރ
1 ފަތް ލެޓިއުސް
ކުޑަ ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
ތަވާ އުނދުން މައްޗަށް އުދާލާފައި ހޫނުވީމާ ކުޑަ ތެޔޮފޮދެއް އަޅާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ، މަސް އަދި ކެޕްސިކަމް އަޅާފައި މަސްކޮޅު ރޯފިލަންދެން ހަނާކޮށްލާށެވެ. އެއަށްފަހު އަސޭމިރުސް، ސޯޔާސޯސް އަދި ކުޑަ ލޮނުކޮޅެއްވެސްލާފައި އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ.
ދެން ބަނަހުގެ އެއްފަޅީގެ އެތެރެ ފަރާތުގައި ތުނިކޮށް މެޔޮނައިސް ހާކާފައި އަނެއް ފަޅީގައި ތުނިކޮށް ބަޓަރ ހާކާފައި މައްޗަށް މަސް އަޅާފައި ފަތުރާލާށެވެ. ލެޓިއުސް ފަތް ތިންފަޅިކޮށްފައި އަތުރާލުމަށްފަހު ޓޮމާޓޯ ފޮތިތައް ދިގަށް އަތުރާލާފައި މައްޗަށް ޓޮމާޓޯ ސޯސް ކޮޅެއް ރޮނގެއް ގޮތަށް ހަނިކޮށް އަޅާލުމަށްފަހު މަތީގައި ޗީޒްފޮތި ދެފަޅިކޮށްފައި އަތުރާލާފައި އަނެއް ބަނަސްފަޅި މަތިން ތަތްކޮށްލާށެވެ.