
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
4 months ago
ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސާއަށް އިތުރު ބާރުތަކެއް ދޭން އެގައުމުގެ ޕާލިމަންޓުން ފާސްކޮށްފި އެވެ.
މި ބާރުތައް ދިނުމަށް ލަންކާގެ މަޖިލީހުން ބުރާސްފަތި ދުވަހު ފާސް ކޮށްފައި ވަނީ ދެ ދުވަހުގެ ބަހުސަކަށް ފަހުއެވެ. މި ބަހުސްގައި ލަންކާގެ އިދިކޮޅު ފަރާތްތަކުން ވަނީ އެ ގައުމުގެ ރައީސް ގޯޓަބަޔަ ރާޖަޕަކްސައަކީ ޑިކްޓޭޓަރެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.
އޭގެ އިތުރުން ގެނެވުނު އިސްލާހުތަކާއި އެކު ބޮޑުވަޒީރު ވެސް ހިމެނޭ ގޮތަށް ވަޒީރުން މަގާމުން ވަކި ކުރުމާއި ވެރިކަމަށް 2.5 އަހަރު ފަހުން ގާނޫނު ހަދާ މަޖިލީސް އުވާލުމުގެ ބާރު ގޯޓާބަޔައަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި މަތީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގެ ބާރުވެސް ލިބިގެން ދާނެއެވެ.
އާ އިސްލާހާ އެކު އެހެން ގައުމުތަކުގެ ރައްޔިތުކަން އޮންނަ މީހުންނަށް ވެސް ޕާލިމަންޓްގައި ތިބެވޭނެ އެވެ. އެއާ އެކު ރާޖަޕަކްސާ އާއިލާގައި ހިމެނޭ ބަސިލް ރާޖަޕަކްސާއަށް ވެސް ޕާލިމަންޓަށް ކުރިމަތިލެވޭނެ އެވެ.
އެމެރިކާގެ ރައްޔިތުކަން އޮންނަ ބަސިލް މީގެ ކުރިން ވެސް ވަނީ ޕާލިމަންޓްގެ މެމްބަރުކަން ކުރައްވައިފަ އެވެ.