އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

އިފުރު އެއާޕޯޓާއެކު އިފުރު ރިސޯޓު 65 މިލިއަން ޑޮލަރަށް ވިއްކާލަނީ

4 months ago

އިބްރާހިމް ޢަލީ

އިފުރު އެއާޕޯޓާއެކު އިފުރު ރިސޯޓު 65 މިލިއަން ޑޮލަރު އަށް ވިއްކާލަން އަނެއްކާ ވެސް އިއުލާނު ކޮށްފި އެވެ. މިއަހަރުގެ މެއި މަހުވެސް އެއާޕޯޓާއި ހޮޓާ ވިއްކާލަން އިއުލާނު ކުރި އެވެ.


ދަ ސްމޯލް މޯޑިވްސް އައިލެންޑް ކޮމްޕެނީ" (ޓީއެސްއެމްއައިސީ) އިން އިންވެސްޓުކޮށް ތަރައްގީކޮށްފައިވާ  އެރަށަކީ 56.52 ހެކްޓަރުގެ ގުދުރަތީ ގޮތުން ހާއްސަ ސިފަ ތަކެއް ލިބިފައިވާ ރަށެވެ. 

އިފުރު ރިސޯޓުގައި ޖުމްލަ 150 ބީޗްވިލާ ހުރެ އެވެ. މި ރިސޯޓަކީ 300 އެނދުގެ ރިސޯޓެކެވެ. 

މި ރިސޯޓު ގަންނަ ފަރާތަކަށް ބ. ފުނަދޫ ކިޔާ ރަށެއް 50 އަހަރުގެ މުއްދަތަށް ލިބޭނެ އެވެ. ގާތްގަނޑަކަށް 12 ހެކްޓަރުގެ މި ރަށުގައި 90 ކޮޓަރީގެ ރިސޯޓެއް ތަރައްގީކުރެވޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު