އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މަރުވެފއި އޮއްވާ އިއްޔެ ފެނުނު ޒުވާނާގެ މަރުގެ ތަހުޤީގަށް އާޢްމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ

1 month ago

އިބްރާހިމް ޢަލީ

އަޖީއެމްއެޗްއާ ދިމާލުން ބޭރުން މޫދުގައި މަރުވެފއި އޮއްވާ އިއްޔެ ފެނުނު ޒުވާނާގެ މަރުގެ ތަހުޤީގަށް އާޢްމުންގެ އެހީތެރިކަމަށް ފުލުހުން އެދިވެޑަައިގެންފިއެވެ.


އިއްޔެ ހެނދުނު ޒަހަމްތަކަކާއެކު މޫދުން ނެގި މީހާ މަރުވެފައިވަނީ ގުދުރަތީ މަރަކުންކަން ކަށަވަރު ނުވާތީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ. މަރުވެފައި އޮއްވާ ފެނުނީ، ގދ. ވާދޫ އުމުރުން 31 އަހަރުގެ ސިދުރަތުﷲ އަހްމަދެވެ.


ފުލުހުން ރޭ ވިދާޅުވީ މިޒުވާނާގެ މަރުގެ ތަހުޤީގުގެ ބޭނުމަށް މިމަހުގެ 22 ވީ ބުރާސްފަތިދުވަހު ހެނދުނު 09:00 އިން މެންދުރު 12:00 އާއި ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތެރިވެފައިވާ ފަރާތްތަކާއި މަރުގެ ހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ހުރިނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިމަޖެންސީ ނަންމަބރު 119 ނުވަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑީޕާޓްމަންޓުގެ ނަންބަރު 9911099އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު