
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
4 months ago
ސެންޓްރަލް އޭޝިޔާގެ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް އިންތިޙާބުކޮށްފިއެވެ.
1993 ވަނަ އަހަރު އުފެދުނު ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގައި ޖުމްލަ 14 ގައުމު ހިމެނޭއިރު، ކުރިއަށް އޮތް ދައުރަށް އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ލަތީފް އިންތިޚާބުކުރީ ވޯޓުގައި ބައިވެރިވި 13 ގައުމުގެ ތެރެއިން 12 ގައުމުގެ ވޯޓާއެކުއެވެ.
ރައީސްގެ މަގާމަށް ލަތީފާ ވާދަކުރި ބަންގްލަދޭޝްގެ ކެންޑިޑޭޓް ވަނީ ވޯޓުގެ ކުރިން ނަން އަނބުރާ ނަގާފައެވެ.
މިވޯޓްގައި ބައިވެރިވެފައިވަނީ އުޒްބެކިސްތާން، ތަޖަކިސްތާން، ތުރުކުމަނިސްތާން، ކަޒަކިސްތާން، ކިރްގިސްތާން، އަފްޣާނިސްތާން، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިޔާ، ނޭޕާލް އަދި ބޫޓާން އަދި އިރާނެވެ.
މި އިންތިޚާބުގައި ނައިބް ރައީސްއަކަށް އިންތިޙާބްކޮށްފައިވަނީ އިންޑިޔާގެ ބޭފުޅެކެވެ. އަދި ސެންޓްރަލް އޭޝިޔާގެ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީއަށް އިންތިޙާބްކޮށްފައިވަނީ ކިރްގިސްތާންގެ ބޭފުޅެކެވެ.
ަހުސޭން
މަރްހަބާ ލަތީފް
3 months ago