އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ހުޅުމާލެ އާއި ފުވައްމުލަކުގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

1 month ago

އިބްރާހިމް ޢަލީ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ އާއި ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި  ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ތިން އޮޕަރޭޝަނެއްގައިވަނީ ހުޅުމާލެ ދެ ފްލެޓަކާއި ގެއެއް ބަލައިފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައެވެ.

ހުޅުމާލޭގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ޕޮލިސް އާއި ފުލުހުންގެ އިންޓެލިޖެންސް އާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންގެ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ތިން އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ.

އެތިން މީހުންގެ ތެރެއިން 44 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 30 ހުސް ރަބަރު ޕެކެޓް ފެނުމާއި ގުޅިގެންނެވެ. އަދި 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ޑިޖިޓަލް ސްކޭލް އަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ގެންގުޅޭ ޒާތުގެ ހުސް ރަބަރު ޕެކެޓްތަކެއް ފެނުމާއި ގުޅިގެންނެވެ.

19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ގެއެއް ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ޓިޝޫއެއް ފެނުމާއި ގުޅިގެންނެވެ.

ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި ފުވައްމުލަކު ދޫޑިގަން އަވަށު ގެއެއް ބަލައިފާސްކޮށްފައިވެއެވެ. ފުވައްމުލަކު ދޫޑިގަން އަވަށު ގެއެއްގެ ގޯތި ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އޮކްޓޫބަރު 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 225 ކުދި ރަބަރު ޕެކެޓާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ފުވައްމުލަކުގައި ހިންގި މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.

މަސްތުވާތަކެތީގެ މިމައްސަލަތައް ހުޅުމާލެ ޕޮލިސް އާއި ފުވައްމުލަކު ޕޮލިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު