އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ހިނިފުޅުވަޑުވާލެއްވުމަށް: އޮފީސް ދަތުރުތަކުގައި ފޮރުވިފައިވާ ސިއްރުތައް

2 years ago

އިބްރާހިމް ނާޒިމް

އޮފީސް ދަތުރާ ބެހޭގޮތުން އެއްޗެއް ލިޔަން ފަށާއިރު ފުރަތަމަ ބުނެލަން ބޭނުން ވާހަކައެއް އެބައޮތެވެ. އެހެނީ ތިރީގައި މި ލިޔާ ވާހަކަތައް މިއީ މީހަކު އަހުރެން ގާތު މިވެނިހެންވިޔޭ، އެވެނިކަމެއް މިވެނިގޮތަކަށް ހިނގައޭ މީހަކު ބުނެގެން ލިޔާ ހާސަރުތަކެއް ނޫނެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ތަފާތު އެތަކެއް އޮފީސްތަކެއްގެ ވަޒީފާގައި އުޅެ މިކަންކަން ހަމަލޮލުން ދެކި އަތުން ހިފާފައި ލިޔާ އެއްޗެއްކަން ބުނެލުމެވެ.


މިއަދު ދިވެހިރާއްޖޭގައި ވެސް ދިރިއުޅުމުގެ ޚަރަދުތައް މިވަނީ ނުހަނު ބޮޑުވެފަ އެވެ. މިހެންކަމުން އަދާކުރާނެ ވަޒީފާއެއް ނުވަތަ އާމްދަނީ ހޯދޭނެ ވަސީލަތެއް ނެތް މީހަކުވިއްޔާ މިވަނީ ފިކުރުބޮޑުވާންޖެހިފަ އެވެ. މިހެން ކަންއޮތީމައި މިކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން މީސްތަކުން "އަޅުވެތިކުރަން" ބޭނުންކުރާ ވަސީލަތަކަށް މިއަދު ވަޒީފާ ވަނީ ހަދާފަ އެވެ. މިއަދު މި ރާއްޖޭގައި ވެސް ކިތަންމެ ޒުވާން އަންހެނުންނެއް މި ވަނީ މި ބުނެވުނު ވަޒީފާގެ "ދަންމަޅީގައި" ޖެހި ސަލާމަތްނުވެވިފަ އެވެ. މާއްދިއްޔަތަށް ހެއްލި އޮފީހުގެ ވެރިމީހާ ރުއްސައިގެން ވަޒީފާގެ ކުރިއެރުން ހޯދަން މަސައްކަތްކުރާ ޒުވާން އަންހެން "ކުދީންނަށް" ވަޒީފާ ވެފައި ވަނީ އެމީހުންގެ "އެންމެ އަގުބޮޑު ތަރިކަ" ކަމުގައެވެ. މީހުންނާ އިނދެގެން އުޅޭ މިފަދަ އަންހެން "ކުދީން" ވެސް އޮފީސް ބޮޑުމީހާ ރުއްސުމަށް ތިބެނީ ތައްޔާރަށެވެ. މިގޮތުން ނުބައިވެގެންވާ އެތަކެއް ސިއްރު ގުޅުންތައް އޮފީހުގެ ވެރިންނާއި އޮވެ އެވެ. އޮފީހުގެ އެތެރެ އާއި ބޭރުގައި ވެސް މިފަދަ ގުޅުންތައް އޮވެ އެވެ. އޭރުން މުސާރަ ބޮޑުވުމުގެ އިތުރުން ވެރިމީހާގެ ޚަރަދުގައި ރެސްޓޯރަންޓުން ކާންލިބުމާއި، އޮފީސް ދަތުރުތަކުގައި ގިނަގިނައިން ދެވުމާއި، މިނޫންވެސް އެތަކެއް ހަދިޔާތައް ލިބުން އޮންނަނީ އާންމުވެފަ އެވެ. މިފަދައިން ކަންއޮތީމައި، "ބުރިފިއްތި" ލާފައި "ފަޅިބުރުގާ" އެޅީމައި ފެންނަފެނުމަށް ވަރަށް ޢިއްފަތްތެރި ދިރިއުޅުމެއް އުޅޭކަމަށް މީސްތަކުންނަށް ހީވި ކަމުގައި ވިޔަސް މިފަދަ އަންހެނުންނަކީ ފައިސާއަށް ގަނެވިއްކޭ ބައެކެވެ.


ބަޔާންކުރެވޭތޯ މިއުޅެނީ އަހުރެންގެ ލޯމަތީގައި ހިނގާފައި ހުރި އެތަކެއް ހާދިސާތަކުގެ ތެރެއިން ދެތިން ކަމެކެވެ. އެއްފަހަރަކު އަހުރެން އުޅެމުން އައި އޮފީހުގެ ސެކްޝަނަށް އިތުރު މުވައްޒަފަކު ބޭނުންވެއްޖެ އެވެ. ދެން މިވާހަކަ އޮފީސްތެރޭގައި ދެކެވެ އެވެ. މިހެންކަމުން އަހުރެން ވެރިމީހާއަށް އެކަމުގައި އަހުރެންގެ ލަފާދީފީމެވެ. އެލަފައަކީ މުޅި ސެކްޝަނުގައި އަހުރެންނޫނީ ތިބީ ހުސް އަންހެން މުވައްޒަފުންކަމަށް ވާތީ ފިރިހެނަކު ވަޒީފާއަށް ނެގުމެވެ. އެހެނީ އެދުވަސްތަކުގައި ޕިޔޯނުން އަވަސްއަވަހަށް ވަޒީފާއިން ކެނޑޭތީ ބޭރުން ތަކެތި ގެނެސް ގެންގޮސް ހަދަން އަހުރެން ބައެއް ދުވަސްދުވަހު ބޭރަށް ދިޔުމުން އަހުރެންގެ ދަށުން މަސައްކަތްކުރަމުން އަންނަ މުވައްޒަފުންގެ މަސައްކަތްތައް ހުއްޓޭތީ އެވެ. ނަމަވެސް ކަންތައްވީ މުޅިން އެހެންގޮތަކަށެވެ. ވަޒީފާއަށް ވެއްދީ ދިގު އިސްތަށިގަނޑެއްލީ، ގައިކުލަދޮން "ބުރިފިއްތި" އެކެވެ. އަހުރެން ހަނދާންވާގޮތުން މި އަންހެން "ކުއްޖާ" އޮފީހަށް ވެއްދިތާ ހަފްތާއެއް ވެސް ނުވަނީސް އޮފީސް ދަތުރެއްގައި އެ "ކުއްޖާ" ގޮވައިގެން ރާއްޖޭން ބޭރަށް ޑައިރެކްޓަރު ހިނގައްޖެ އެވެ. ގޮސްފައި އައީ 5 ވަރަކަށް ދުވަސް ފަހުންނެވެ. މިކަމާ ގުޅިގެން އޮފީހުގެ ކިތަންމެ އަންހެން "ކުދީންނެއް" އެއްކަލަ "ކުއްޖާ" އާއިމެދު "ޖޭ" ވެއްޖެ އެވެ. އެދުވަސްވަރަކީ މެންދުރުފަހު 2:30ގައި އޮފީސްތައް ބަންދުވާ ދުވަސްވަރެކެވެ. ހުރިހައި މުވައްޒަފުން ގެޔަށްދިޔައީ ކަމުގައި ހީކޮށް އަހުރެން ވެސް މަސައްކަތް ނިންމާލަން އަވަސްއަރައިގެންފައި އިނީމެވެ. އިރުކޮޅަކުން ފާޚާނާއަށް ގޮސްފައި ނުކުމެ އޭސީތަކާއި ފަންކާތަކާއި ބޮކިތަށް ނިވާލާފައި ގޮސް "ބޮސް" އުޅޭތޯ ބަލައިލުމަށް އޭނާގެ ކޮޓަރި ހުޅުވާލައިފީމެވެ. ހުޅުވާލިއިރު ކަމަކުދާކަށް ނެތެވެ. އެއްކަލަ އަލަށް ވަޒީފާއަށް ވެއްދި "ބުރިފިއްތި" އާއި ބޮސް ... އަހުރެން ގަތްބިރުން އަވަހަށް ދޮރުލައްޕާފައި އޮފީހުން ނުކުމެގެން އަވަސްއަވަހަށް ދިޔައީ ގެއަށެވެ. އޭގެ ފަހުން ބޮސް އަހުރެންނަށް ވަރަށް ކަމޭހިތައި ރަނގަޅަށް ކަންތައްކުރެ އެވެ. އޭގެ ހައެއްކަ މަސް ފަހުން ބަޖެޓް ސެކްޝަންގެ ފިރިހެން މުވައްޒަފަކާއި އަންހެން މުވައްޒަފެއް "ސްޓޯރ ރޫމް" ތެރޭގައި ވަރަށް އެކަހެރިގޮތަކަށް ތިއްބައި ދުށީމެވެ. އެ އޮފީހުގައި ނިކަން އަވަސް އަވަހަށް މުވައްޒަފުން ކުޑަބަނޑޮހަށާއި އެނޫންވެސް ރަށްރަށަށް ދަތުރުދިޔުން އޮވެ އެވެ. މިގޮތުން "ބުރިފިއްތިލީ" އަންހެނުންނާއި ސޯޓުބުރިލީ ފިރިހެނުން އެކުއެކުގައި މުދަށްއެރި "މޫދުކުޅިވަރުތައް" ކުޅެ، ފައިގަތަޅާ ކުޅެ، އެއްތަށިން ކައި، "ގަދަކަމުން މޫދަށްލާން" އުޅެ ފުރެއްދެލަވަކިޔާ ހަދައެވެ. އަދި ދޭތެރެއަކުން "ޖޯޑެއް ގެއްލިފައި" ފެންނަތަން ވެސް އާދެ އެވެ.


އެ އޮފީހުގައި ދެތިން އަހަރުވީފަހުން އަހުރެން ބަދަލުވީ މިނިސްޓްރީއެއްގެ ތަންކޮޅެއް ސީނިޔަރ މަޤާމަކަށެވެ. އެތަނުގައި މިނިސްޓަރުގެ ދަށުން، އަހުރެންނަށްވުރެ މަތިން ހައެއްކަ މުވައްޒަފުން ތިއްބެވެ. ކޮންމެ މަހަކުވެސް "ރާއްޖެތެރެއަށް" ދަތުރެއްގައި ދާންޖެހޭނެކަމަށް އަހުރެންނަށް ޑައިރެކްޓަރު އެންގި އެވެ. މިހެންކަމުން އެތަކެއް ދަތުރުތަކެއް ކޮށްފައި ވާނެ އެވެ. ދަތުރުގައި އަހުރެންނަށްވުރެ މަޤާމުގެ ގޮތުން މަތީ ފިރިހެނަކު އަބަދުވެސް ބައިވެރިވެ އެވެ. މީހެއްގެ އަތންބަކަށް ވިޔަސް ޒުވާން އަންހެނަކު ދަތުރެއްގައި ނުގެންދާ އެއްވެސް ދަތުރެއް އަހުރެން ނުކުރަމެވެ. އެފަދަ ދުރު ދަތުރުތަކުގައި އަންހެނުން ބައިވެރިކުރަނީ ކީއްކުރަންތޯ އާއި އެމީހުން ގެންދާނަމަ އިތުރު އުނދަގޫތައް ނޫނީ ނުޖެހޭނެކަމަށް އަހުރެން ބުނީމެވެ. ނަމަވެސް ބުނީ އެހެންހަދަންޖެހެނީ ދަތުރުގެ "ލޮނުހެޔޮވަރުކޮށްލުމަށްޓަކައި" ކަމަށެވެ. ދަތުރުކުރަނީ މަތިންކަމުގައި ވާތީ ޖެހޭނީ ކޮން އުދަނގުލެއް ހެއްޔެވެ؟ އެންމެފަހަރަކު ނަމަވެސް އެތަނުން އަންހެނަކު "ފައިހިއްޕާކަށް" ކަލެއަކަށް ނުޖެހޭނެޔޭ ވެސް ބުންޏެވެ. އެއްފަހަރަކު ތިލަދުންމަތީ އުތުރުގެ ބައެއް ރަށްތަކަށް ކުރި ދަތުރެކެވެ. އަހުރެން މިތަނުގައި ތިލަދުންމަތީ "އުތުރުބުރި" އެކޭ ނުބުނާނަމެވެ. އެއީ މިގޮތަށްހުރި ހުރިހާ "ބުރިތަކެއް" ކަނޑާލުމުން ރީތިވާނެތީ އެވެ. އެފަހަރު އެދަތުރުގައި ބައިވެރިކުރި "ބުރިފިއްތި" ގެންދިޔައީ އޭނާ އެ ދަތުރުގައި ބައިވެރިނުވެއްޖެނަމަ "ވައިކަޓާނެ" ކަމުގެ އިންޒާރު ބޮސްގެ ދުލުން އިއްވައިގެންނެވެ. އޭނާ އަކީ ހަމަ މިއުޅޭ "އެބައުޅޭ މިބައުޅޭ" އެކެވެ. މިއުޅޭ "ބްރޭންޑްގެ" އަންހެނުންނެކޭ އެއްގޮތަށް އުޅޭނީ އަބަދުވެސް މޮޅު ފެންވަރުގެ ފޯނެއް އަތަށްލައިގެންނެވެ. ނަމަވެސް ދުވަހަކުވެސް ފޯނުގައި "ބެލެންސެއް" ނުހުންނާނެ އެވެ. އަބަދުވެސް ދޭނީ "މިސްކޯލެވެ". ދެން އެހެން މީހުންނަށްޖެހޭނީ ގުޅާށެވެ. "ބޮޑުކަމަކު" ޖެހިގެން ކޮންމެހެން ގުޅަންޖެހިއްޖެނަމަ ބޭނުންކުރާނީ އޮފީހުގެ ލައިން ފޯނުތަކެވެ. މިގޮތުން އޭނާގެ "ފްރެންޑުންނަށް" އޮފީސް ފޯނުން ގުޅައިގެން ގަޑިދެގަޑިއިރު ވާހަކަދައްކާހަދަ އެވެ. ކޮންމެ ގޮތެއްގައި ނަމަވެސް މިފަހަރު އެ "މަންޖެ" ދަތުރު ދިޔައީ މުޅިން ހިތްހަމަޖެހިގެންނެއް ނޫނެވެ. ފަހަރެއްގައި އެއީ އެދުވަސްކޮޅު މާލެތެރެއިން މީހަކު އޭނާ ތަންކޮޅެއް ކުރިން "ބުކްކޮށްފައި" އޮތީމަކަމުގައި ވެދާނެ އެވެ. "ރޭކުރަން" މަޑުކުރި ރަށުގައި އޭނާ ނިދީ ރަށްވެހިގޭގެ ކޮޓަރިއެއްގަ އެވެ. އެރޭ އޭނާ އާއި ޖެހިގެން ހުރި ކޮޓަރީގައި ނިދީ އަހުރެންނެވެ. އެރޭ ދަންވަރު އޭނާ ނިދަން އޮތް ކޮޓަރީގެ ދޮރުގައި ބޭރުން ޓަކިޖަހާ އަޑުތަކެއް އިވުނެވެ. ވައްކަންކުރަން މީހަކު ވަދެގެން އުޅެނީކަމަށް ހީކޮށް އަހުރެން ސިއްރުން ބަލައިލިއިރު އެ "މަންޖެ" ކޮޓަރިއަށް ފިރިހެނަކު ވަދެ ދޮރުލައްޕަނީ އެވެ. ބޭރު ފެންޑާތެރެ އަނދިރިކަމުން އެމީހަކު އެނގޭވަރެއް ނޫނެވެ. ހެނދުނު ހޭލާފައި އޭނާގެ ކޮޓަރިއަށް ދަންވަރު މީހަކު ވަންނަން އުޅުނީތޯ އަހައިފީމެވެ. އޭނާ ދެ ލޯ ބޮޑުކޮށްފައި އަވަސް އަވަހަށް ނޫނެކޭ ބުނެފި އެވެ. ވުމާއެކު އަހުރެން އިތުރު ސުވާލެއް ނުކުރަމެވެ. ދަތުރު ނިންމާފައި އައިސް އެއްދުވަހަކު އޮފީސް "ކިޗަންގައި" ސައިބޯން އިންދައި އެ ދަތުރުގައި ދިޔަ ޕްރޮޖެކްޓް މޭނޭޖަރު އައިސްވަދެއްޖެ އެވެ. އެތަނުގައި އިތުރު މީހަކު ނެތުމާއެކު އެރޭގެ ވާހަކަ އަހާލައިފީމެވެ. އޭނާ ބުނީ އަހުރެން މި އުޅެނީ ޙަޤީޤީ ދުނިޔޭގައި ނޫންކަމަށެވެ. ދެން ބުނީ ދަތުރުމަތީގައި އެމީހުން އަބަދުވެސް ކަންތައްކުރާ ގޮތަކީ އެގޮތަށް ގެންދާ "ބުރިފިއްތީގެ" "ބަޑިދަބަހަށް" ސިއްރުސިއްރުން "ރަބަރުދުލި" ޕެކެޓެއްލުމެވެ. ދެން އޭނާ ހަނުހުރެއްޖެނަމަ އެ އޮތީ އެކަންތައް ވެފައި ކަމަށެވެ.


ބަޔާންވެދިޔަ ފަދަ އެތަކެއް ހާދިސާތަކެއް އަދިވެސް "މައިންޑުގައި" އެބަހުއްޓެވެ. ނަމަވެސް އިތުރަށް ދެން ލިޔާކަށް ވަގުތު ތަނެއްނުދެ އެވެ. މީގެ އިތުރުން ތިޔަ ލޮބުވެތި ކިޔުންތެރިޔާގެ އަގުހުރި ވަގުތުތަކުން އިތުރު ބައެއް ނަގާކަށް އަހުރެން ނެތީމެވެ. މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އަނބީން "ބުރިފިއްތި" ލައްވާފައި އޮފީހަށް ފޮނުވައިގެން ތިބޭ ފިރިންނަށް ބުނަންއޮތީ ވަގުތު ފާއިތުނުވަނީސް ތިމާގެ ދަރިފަސްކޮޅާއި ނަސްލު އަދި ކައިވެނި ސަލާމަތްކުރެވޭތޯ ބަލާށެވެ. ފައިސާއަކީ ފަހުންވެސް ހޯދިދާނެ އެއްޗެކެވެ. ކިތަންމެ އަނބީންނެއް އެމީހުންގެ އަސްލު ފިރިންނޫން މީހުންނަށް ބަލިވެއިނުމަކީ މިއަދު މުޅި ރާއްޖޭގައި އާންމުވެފައިވާ ވަބާއެކެވެ. ނިންމާލަމުން ބުނަމެވެ. ތިބާ ދައްޔޫސަކަށް ވާން ނޭދޭ ފަދައިން އަނބީން އޮފީސް ދަތުރުގައި ފޮނުވަން ވެސް ނޭދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

އެގްޒަމިނޭޝަނ

ތިޔަކަން އެންމރ ބޮޑީ ޕަބްލިކް އެގްޒަމިނޭޝަނ ތެރޭގައި. ބޮޑެއް ކުޑައެއް އަންހެނެއް ފިރިހެނެއް ކިޔާނެ ކަމެއްނެތް އެ އޮފީހުގެ އެންމެންގެ ހާލަކީވެސް އެއީ. އެއޮފީސް ނިކަށް ރަނގަޅަށް ދަންނާތީ މި ބުނަނީ. ނިކަށް ގޮސް ބަލާލަބަލަ. ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެނީ އެތަނުގެ ކިތައް މުވައްޒަފުންތޯ. ވަރިކޮށްފައި ނޫނީ ވަރިފަށަށް ނާރާ ކިތައް މުވައްޒަފުން އެތަނުގައި އުޅޭތޯ.

1 year ago

ބަނޑޭރި

މި ލިޔުމަކީ ވަރަށް އެއްފަރާތަށް ބުރަވާ ލިޔުމެއް ކަމަށް ފާހަގަ ކުރެވޭ. އަންހެނުން އޮފީހައްދިއުމުން ފިރިމީހާ އެކަމާ ޖެހިލުންވާން ބުނެފައިވާ ފަދައިން ފިރިމީހާ ދިއުމުން އަންހެނުން ވެސް އެކަމާށް ހުރަސް އަޅަންޖެހޭ، “ބުރިފިއްތި” ޒިނޭ ކުރަނީ އެކަންޏެއް ނޫން އެކަމުގަ އަންހެން މީހާ އާއި އެއްވަރަށް ފިރިހެން މީހާވެސް ޝާމިލް ވޭ! ބުނެލަން އޮތީ އޮފީހަށް ދިއަޔަސް ނުދިއަޔަސް އެގޮތަށް އުޅޭ އަންހެނުން ވެސް އަދި ފިރިހެނުން ވެސް އުޅޭނީ އެހެންނޭ! އެއީ އޮފީހަށް ގޮސްގެން އެމީހުން ކިބައިގައި އަށަގަންނަ ސިފައެއް ނޫން! އަދި މޫނު ބުރުގާ އަޅާ އަންހެން މީހާ ވެސް މިފަދަ އަމަލު ހިންގާތަން ފެންނަލެއް މަދެއް ނޫން، އަންހެން މީހާ ލާ ހެދުމަކުން އެ އަންހެންމީހާގެ ގޮތް ނިންމާކަށް ނޭންގޭނެ! މިއީ ވަރަށް ނާތަހުޒީބު ވިސްނުމަކުން ލިޔެފައިވާ އާރޓިކަލް އެއް!

2 years ago

ާަަަވެލިޔު

މި ކަހަލަ ކަންކަމަކީ ހަގީގަތުގައިވެސް ހިނގާ ކަންކަން. ނަމަވެސް އޮފީސް ތަކުގެ ބޮޑުން، ކަންކަމުގައި ގަވައިދު ކަނޑަ އަޅަން ތިބޭ މީހުންނަ އޯކޭ ވަނޏާ ދެން ދަށުތިބޭ މީހުން ފިއްތާލަން ޖެހޭނީ. އެއީ ކަން ވާގޮތަކީ. "ހަދަންދާ މީހާ މައްސަލަ ނެތީ، ހަދާދޭ މީހާ މައްސަލަ ނެތީ، ހަދާ ތަން މައްސަލަނެތީ، ދެން ކަލޭ ކޮންމައްސަލަ."#ދިވެހި ސްޓައިލް.

2 years ago

ނަ ަ

އިބްރާހީމް ލޮލުން ދެކެ އަތުން ހިފިއަސް، އޮފީސް ދަތުރުދާ ކޮންމެ އަންހެނަކީ އަދި ކޮންމެ ބޮސް އަކީ ވެސް ތިހެން އުޅޭ މީހެއް ނޫން

2 years ago

ޑީޕް ސޯލް

ސާފު ތޯހިރު ކޮންސަންސްއަކާއި އެކު ލައިފް ސްޕެންޑް ކުރަން ބޭނުންވާ މީހުން ރަނގަޅު ލައިފް ޗޮއިސް ތަަށް ހިޔާރު ކުރާނެ، ސޮސަައިޓީ އަދި ކަލްޗާރ އަކީ އެކަކުގެ ހިޔާލުން ބަދަލުކުރެވޭނެ ވެލިއު ތަކެއް ނޫން.

2 years ago

އެކްސް ބީއެފް

މި ލިޔުނު މީހާ ވެސް ހީވަނީ ތިބުނާ ކަހަލަ ގަނޑެއް ގަނެ އޮފީހުގެ ތެރެއިން މީހަކާ ހިތާވެގެން އުޅޭ މީހެއްހެން. މާ ނޫން ކަމަށް ހެދިގެން އުޅުނަސް ހަގީގަތް ބަލައިލީމަ އެނގޭނީ

2 years ago

ޢަހުމަދުބެ

ލިޔުންތެރިޔާގެ ހިޔާލީ ވާހަކައެއްކަން ވާހަކަ ކިޔަމުންދިޔައިރު އިހުސާސްވި.

2 years ago

ޙަހސ

RagaLu

2 years ago

ކިސަޑުގަނޑު ހަންޑި

އަންހެނުން ދެކެ ތިޔޮއް އަންނަ ރުޅިއެއްތާ ދޯ.

2 years ago

ޙަޤީޤީދައްތަ

މިހަަާރު އުޅޭ ފިރިހެނުންނަށް ވެސް ކަމުދަނީ ތިބުނާ ވައްތަރުގެ އަންހެނުން އަނބިމީހާ ގައިގަ ވަފާތެރި ކަމެއް ހުރިއްޔާ ކަމަކުނުދޭ

2 years ago

ޛަނަމް

ލިޔުން ވ ފުރިހަމަ....ދިރިއުޅުމުގެ ހާލަތުން ވަޒީފާއަށްދާ މަޖްބޫރުވަނީ.. ތިކިޔާ "ބުރިފިއްތި"އެއްޗެެހި ނުލިޔަސް ކަޅު ބޮޑެތި ހެދުން ލާގެން އުޅޭ އަންހެނުންގެ 75 އިންސައްތަ އުޅެނީ ތިވަށްތަރަށް

2 years ago

ކަމަނަ

އަހުރެން ހިތަށް އަރާ ތިޔަބުނާ އިސްވެރިޔާގެ ގޭގައި އަންބަކު ނެތިގެންބާއޭ ޖެހޭހާ ބުރިފިއްތި އަކަށް ހެޔޮވަރު ވަނީ. މި ލިޔުން ކިޔާލާފަ ހީވަނީ ފިރިހެނުން މީ ހަމަ ހުދު ކަފަ ކޮޅެއްހެން. އަންހެނާ ތިހާ ގޮތެއް ނެތިއްޔާ ތިޔަ ބުނާ އަންހެނާ ދޯ ގޮސް ފިރިހެނާގެ ކޮޓަރި އަށް ވަންނަ ތަން ފެންނާނީ. އަންހެނުން ވެސް ރަނގަޅެކޭ ނޫން. ކުށެއް ކުރީއާ ދެމީހުންވެސް ހަމަ ހަމަ. އެކަމު އެއްކަލަ ނާތަހުޒީބު ދިވެހިންގެ ތެރޭގައި ހިމެނޭ މީހުންނަށް ކުއްވާނީ އެކަކު. އެންމެ ކުރީއްސުރެ ވެސް ކަން ހިނގަމުން އަންނަ ގޮތްމީ. އަހުރެން ވެސް މީ ސަރުކާރުގެ ބޮޑު އޮފީހެއްގަ ވަޒީފާގަ އުޅޭ މީޙެއް. އަހަރެންނަށް ވެސް ފެނޭ ތިޔަ ކިޔާ ބުރި ފިއްތައިގެން އުޅޭ އަންހެން ކުދިންގެ ފަހަތުން އުނދަގޫ ކުރަމުން ވެރިން ބިރު ދައްކަމުން ދުވާތީ ކަންބޮޑުވެގެން އުޅޭ ކިތަންމެ ކުދިންނެއް. އެބުނެފައިވާފަދަ އަންހެން ކުދިން ތިޔަބުނާ ކުށެެއް ނެތް އަލިފެއް ފަދަ ފިރިހެނުން ކުރާ މަސައްކަތުން ދެކޮޅު ނުޖެހިގެން ވަޒީފާ އަށް ނުކުންނަން މަޖުބޫރު ވެގެން ނުކުތުމުން ވެސް މިޖެހެނީ އެހެން ފިރިހެނެއްގެ ވަބާ. ޒަރޫރީ ބޭނުންތައް ފުއްދަދީ ދިރިއުޅުމަށް ހަރަދު ކުރެވޭ ވަރުގެ ފިރިހެނެއްގެ އަންބަކު ވަޒީފާއަށް ނޯކިރީ ކުރަން ނުކުންނާކަށް ނުޖެހޭނެ. އެހެންތާވާނީ މިހާރު މިއުޅޭ ފިރިހެނުނަށް ލިބޭހާ ލާރި ކޮފީ ބުއިފަ ފެގެއް ބޯލެވެނިކޮށް ނިމުނީ. ބުރި ފިއްތައިގެންނާއި ގަޔަށް ދޫކޮށް ޖުއްބާ ލައިގެން ތިބޭ އަންހެނުންވެސް ތިބޭނީ ވަޒީފާގެއްލިދާނެ ކަމުގެ ބިރަށް. ކުރަންޖެހޭ ޒަރޫރީ ހަރަދު ނުކުރެވިދާނެތީ ފިޓަށް ގޮސް. އެއްފަޅިން ކިޔެންޏާ ކިތަންމެ އެއްޗެއް ކިއެދާނެ. އެކަމަކު ކޮމެންޓެއްގައި އެހާ ގިނަ ވާހަކަ ދެއްކުން ރަނގަޅެއް ނޫނެވެ. ލިޔުންތެރިޔާގެ އަގުހުރި ވަގުތު ކޮޅު ނަގާލާކަށް ނެތީމެވެ. ގޮތެއްނެތް ވިސްނުމަށް އަހުރެން ސާބަސް ދެމެވެ.

2 years ago

ބުރިފިއްތި

ބަލަ ހަމައެކަނި އަންހެނުންގެ ވާހަކަ ނުދައްކަބަލަ. ހަމަ ބޮސް އަކީވެސް މީހެއްގެ ފިރިއެއް ދޯ. ކަންކުރަނީ ދެމީހުން. ދެން ތިހެންވީރުން އަންހެނުންނަށް ވެސް ގޮވާލަބަލަ ފިރިން އޮފީސް ދަތުރަށް ނަމަނަމަވެސް ނުފޮނުވާށޭ ކިޔާފަ. ހަމަ ރަތްލާޖެހި ދިވެއްސަކު ލިޔުނު ވާހަކައެއް. އަބަދުވެސް ނަންވާނީ އަންހެން މީހާ.

2 years ago

ބެރެކި

ކަލޭ ކީއްވެ ތިހުރިހާކަމެއްބަލަންޖެހުނީ؟އެހުރިހާ މަންޒރެއް ބަލާފަ ކަލޭ ގޮސް ފާޚާނާއަށްވަދެ އަމިއްލަ ނަފްސައް ޚިޔާނާތްތެރިވަނީ ތޯ؟

2 years ago

އިއްބެ

ހާއްސަކޮށް ސްކޫލްތަކުގައުޅޭ މީހުން މިކަމަށް ދެވިހިފާފަ. ތި ބުނާ ވެރިން ވެސް ޖެހޭ އިސްލާހުވާން.

2 years ago

މަ

އަދި މުޅިން ރަނގަޅެއް ނޫން. ދެން ހަމަތިގޮތައް ވިކިފަ ހުރި ފިރިހެނުންގެ ވާހަކަވެސް ގެނެސްދީ. އަދި ބުރުގާ އަޅައިގެން އޮފިސް ދަތުރުތަކުގަ ގޮސް ދެން ލައިގެން އުޅޭ އެއްޗެހީގެ ވާހަކަވެސް ދައްކާ.

2 years ago

މަންޖެ

މިއީ ވަރަށް ސަޅި ލިޔުމެއް. މަވެސް މީ އަންހެނެއް. ވަޒީފާގަ އުޅެނީ. އެކަމަކު ބުރި ފިއްތި އެއް ނުލަން. އިންޝާ ﷲ ނުވެސް ލާނަން. އަހަރެންގެ އިއްޒަތް އަހަރެން އަހަރެންގެ ހަލާލު ފިރިމީހާ އަށް ނޫނީ ނުދޭނަން. މި އުޅޭ ވިޔާ ނުދާ އަންހެނުން ހަމަ ފިރިހެނުން ހައްލާލަނީ.

2 years ago

އައިޝާ

އެހެންވީމާ ކަންކުރަނީ ހަމައެކަނި އަންހެންވެރީންތާ. އަންހެން މީހާވެސް ކުރަނީ ޒިނޭ. ފިިރިހެން މީހާވެސް ކުރަނީ ހަމަ ޒިނޭ. މިގޮތަށް ކަންތައް ހިނގާކަން ދަންނަން. އެކަމަކު ހުސް އަންހެނުން ކުއްވެރިކޮށްފަ ރަނގަޅަށް ތަޢުލީމު އުނގެނި ރަނގަޅު ވަޒީފާއެއް ހޯދާ އެއްކަލަ އަންހެން މުވައްޒަފުން ގެއންގުޅޭ ފިރިހެން ބޮސް ކައިވެބި ރޫޅާލާފަ ދާދުވަަކުންވެސް އަމިއްލަ ފައިމައްޗަށް ކޮޅަށްތެދުވެ ހުރެވޭ އަންހެނަކަށްވުމަށްޓަކައި އޮފީސް ދަތުރު ދިޔަސް ހެޔޮލަފާ ޢިއްފތްތެރި އަންހެނުންވެސް ލަދުގަންނަ ގޮތަށް ލިޔެފައޮތީމަ މީތި ކަޑައޭ ބުރޯ

2 years ago

ޙނ

100%

2 years ago

ލޮލް

ސިވިލ ސާރވިސްގަ އަންހެން މުވައްޒަފުން ގިނަވާނެތާ މިހެން ވީމަ

2 years ago

ތެދު

ހަމަ 100 އިގެ ވާހަކައެއޮ

2 years ago

ޢަނީސާ

ތިކަހަލަ ހިސާބަކަށް ވިސްނާލެވިފައިވެސް އަދި ނެތް. އެކަމު ތިޔަ ވައްތަރު އަންހެނުން ވަރަށް ގިނަ ހެން ހީވަނީ. ޕިސް ޕިސް ޕިސް.

2 years ago

ފަހީ

ހަޤީގަތުގަވެސް ވަރައް ބޮޑު ތެދެއް ތިގޮތައް އާންމުކޮއް އުޅެނީ އުޅެން ފަސޭހައައް އުޅޭ ޅަ އަންހެންކުދިން ބޮސްގެ ބޮލައް އެރިގެން.

2 years ago

ނާފް

ހާދަ ނާތަހުޒީބު މީހަކު ލިޔެފައިން ލިޔުމެއް. ތިބުނާ "ބުރިފިއްތި" އެކަނިތަ ޒިނޭކުރެވެނީ؟ ކޮބާ އޭނައާ ބައިވެރިވާ ފިރިހެނުން. ސަޗް ޑަބަލް ސްޓޭންޑަރޑްސް. ޝޭމް!!!

2 years ago

ޑިކް ހެޑްސް

މިކަމުގައި ހަމަ އެކަނި އަންހެން މީހާ ނަންވާން ވީ ސަބަބެއް ނޭންގުން. ތިބުނާ އިސްވެރިންގެ ބަޑިއަށް ރަބަރުލައްވައިންނޫނީ ނޫޅެވެނީތަ. އެމީހުންނެއް ނުޖެހޭތަ އިސްލާހުވާކަށް؟ހަމަ އެކަނި ބުރިފިއްތި ނަންވަނީ ކީއްވެތަ؟ ފިރެހެނުން ޒިބުބާރުކޮށްގެން ނުތިބެވެންޏާ ވަޒީފާ އަށް ނުގޮސްތިބެން ވީނުން.

2 years ago

ިުސޭން

މަށަށް ފެންނަނީ ބާކީ ހުރި ވާހަކަތައް ވެސް ލިޔަން. ކޮން.މެހެންވެސް އިބާރާތް ކުރުމާި މިޒާޖް ހަމަ އެއްވަނަ

2 years ago

އޮފީސް މަންޖެ

ވ ފުރިހަމަ ލިޔުމެއް. މީ ހަމަ ހަޤީގަތް!

2 years ago

؟

ވަރަށް ބޮޑު ތެދެއް މިއީ... %200 ހަގީގަތް...

2 years ago

ދިވެހިމީހާ

ތީ ހަމަ ރަނގަޅު ވާހަކަ. ފިރިން އެބަޖެހޭ ތިކަންކަމާމެދު ވިސްނަން. ގައިމު ޖަވާބުދާރީވާންޖެހޭ ދުވަހެއް އެބައޮތް ވިއްޔާ

2 years ago

ބަލަ ކަލޯ

ބަލަ ކަލޯ މަށެއްވާ ނުރުހެން އަނބިން ވަޒީފާއަށް ދާކަށް. މާތްރަސްކަލާނގެ ދެއްވި ވަޒީފާ ދޫކޮށް އޮފީސް ވަޒީފާއަށް. ކީއްތޯ ކުރާނީ މިހާރުގެ ޓިސް ޓިސް އަންހެންކުދިން ބާޒާރުކުރަން އެމީހުން އަތުގަ ހުރިއްޔާ މަހަކު ފަސް ހާސްވެސް މަދު. ނުވިތާކަށް މައިން ބަފައިންނަށް މަހަކު އެއްހާސް ދީފަވެސް އަދި އިތުރު ޚަރަދު ކުރަންޖެހޭ... މިވަރަށް ކޮން ފިރިއަކަށްތަ ލިބެނީ ފައިސާ؟؟؟ މަވެސް މިކަމާ ވިސްނާ ވިސްނާ ހަފުސްވެއްޖެ.

2 years ago

ސޭޓުގެ އަނބި މީހާގެ ފިރިމީހާ

ޒިނޭ ކުރަން ދޯ އަނބިން މި ދަމަނީ އޮފީސް ދަތުރޭ ކިޔާފަ. އަންހެން ވެރީން ވެސް ވވވ އުފަލުން އުޅެނީ އެހެން ދާން ޖެހިއްޖެއްޔާ. އެކަމަކު ފިރި ސޮރު ގާތު ބުނޭ ވވ މިސްވާނޭ މިފަހަރު ދާން މިޖެހުނީ އެވެނި މީހަކު ފަރުވާކުޑައޭ ނޫނީ ދަރި ބަލީޔޭ ފޭކުވީމައޭ... މަވަރުން ވެސް ފިރިން ތިބެނީ އަނބިން ކުއްޔަށް ދޫކުރަން ހައްޕުކިޔާފަ.. އެރޭ ފިރި ސޮރުވެސް ކޫޑިއަކު ފިލުވާލާނެ

2 years ago

އާކާސް މުހައިމިނު ކުޅުއްފުދުއްފުށި

ތީ ހަމަ ތެދު... ދެ އަނބި ވެސް ވަޒީފާއިންމިފަހަރު ވަކިކުރާނަން...

2 years ago

ކިޔުންތެރިޔާ

އަހަރެން އަންހެނަކަށްވިޔަސް ބުނާނީ މި ލިޔުނު މީހާ އަށް ސާބަހޭ... މީ ހަމަ ހަގީގީގަތަކީ.. މިހާރުގެ ގިނަ އަންހެނުން ވަޒީފާގެ ކުރިއެރުން ހޯދުމަށް އުޅޭގޮތް މީ.. އަހަރެން ހިތަށްއަރާ މި މީސްމީހުންގެ ފިރީންނަށް ހަމަ މި މީހުން އުޅޭ ނޫޅޭގޮތް ނޭނގެނީބާވައޭ ނޫނީ ލާރީ ދަހިވެތިކަމުގަ ނޭނގޭކަމަށް ހަދަނީ ބާވައޭ...

2 years ago

އުމަރުމަނިކު

100 ގެ ލިޔުމެއް.

2 years ago

އައިސާ

ވަރަށް ފުރިހަމަ

2 years ago

ޖުނައިދު

ވަރަށް ފުރިހަމަ.މީހަގީގީ ވާހަކަތަކެއް.

2 years ago

ޖަމީލް

ތި ވަރަށް ބޮޑު ތެދުފުޅެއް، އަހަރެން ވެސް ތީގެ ކިތަމެބާވަރު ހާދިސާ ތަކެއް ހަމަލޮލުން ދެކުނިން.....

2 years ago