
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
4 months ago
ދައުލަތުގެ ދަރަނި 172 ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ދައުލަތުގެ ދަރަންޏާ ބެހޭ ރިޕޯޓުން ދައްކައިފި އެވެ.
ދައުލަތުގެ ދަރަނި 172 ބިލިއަން ރުފިޔާއަށް އަރާފައި ވާއިރު، ދަރަނި އަނބުރާ ދެއްކުމަށް މި އަހަރުގެ ފަހު ކުއާޓާގައި 10 ބިލިއަން ރުފިޔާ ހޭދަ ކުރުމަށް ނިންމާފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ހޯދި މައުލޫމާތުގެ މައްޗަށް އެކުލަވާލި ރިޕޯޓު މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ހުށަހަޅާ، ބަހުސްކޮށްފައި ވެއެވެ.
ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖުމްލަ ގޮތެއްގައި ދަރަނި ނަގާފައި ހުރީ ގާނޫނާ އެއް ގޮތަށް ކަމަށެވެ.
އޭގެ އިތުރުން ދަރަނީގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެފައި ވަނީ ދަރަނި ނުދެއްކުމުން ކަމަށާއި މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ އަންނަ އަހަރު ދައްކަން ޖެހޭ އަދަދު ބޮޑުވުން ކަމަށް ވިދާޅުވި އެވެ.