
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
4 months ago
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ކުލަބު ވެލެންސިއާއިން ފަރިތަކުރުންތައް ފަށައިފިއެވެ. އެގޮތުން އިއްޔަގަވަނީ ވެލެންސިޔާގެ ފަރިތަކުރުންތައް ފަށާއިފައެވެ.
އައު ސީޒަނުގައި ވެލެންސިއާއަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު އާތިފް (އާތީ) އެވެ. އާތީއަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވާފައިވާ އަދި ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކޯޗްކޮށްދީފައިވާ ކޯޗެކެވެ.
ފުރަތަމަ ޑިވިޝަނުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވާއިރު، އެ ކުލަބު އަލުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
އާތީގެ އިރުޝާދުގެ ދަށުން ވެލެންސިއާއިން ހޮނިހިރު ދުވަހު ފަރިތަކުރުންތައް ފެށިއިރު، މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންވެސް ވަނީ ފަރިތަކުރުންތައް ފަށާފައެވެ.