އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ވެލެންސިއާގެ ކޯޗަކަށް އާތި

3 months ago

އިބްރާހިމް ޢަލީ

ކްލަބް ވެލެންސިއާގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތި) ހަމަޖައްސައިފިއެވެ.


އާތީ އެންމެ ފަހުން އިރުޝާދު ދިނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށެވެ. އެކަމަކު ޓީސީއަށް ކުރިމަތިވި މާލީ ހާލަތާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާތީ ވަނީ އެ ކުލަބުން އިސްތިއުފާ ދީފައެވެ. މީގެ އިތުރުން އާތީވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. 


އައު ސީޒަން ޑިސެމްބަރ މަހު ފެށުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ކުޅުމަށް މަސައްކަތް ކުރަމުން އަންނައިރު މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަން މާޒިޔާ އާއި ލީގުގެ ދެވަނައަށް ދިޔަ ކްލަބް އީގަލްސްއެވެ.


މިފަހަރުގެ ލީގުގައި  8 ޓީމް ވާދަކުރެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްއެވެ.


ކިޔުންތެރިންގެ ހިޔާލު