އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ރަޝިޔާއާއި ޗައިނާގެ ޢަސްކަރިއްޔާއާ ކުރިމަތިލެވޭހާ ބާރު އެމެރިކާގެ ނެތް

2 years ago

އިބްރާހިމް ނާޒިމް

ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިއްޖެނަމަ ރަޝިޔާއާއި ޗައިނާގެ ޢަސްކަރިއްޔާއާ ކުރިމަތިލެވޭހާ ބާރު އެމެރިކާގެ ނެތްކަމަށް އިތުބާރު ހުރި ދިރާސާއަކުން ދައްކައިފި އެވެ. "ދަ ރޭންޑް ކޯޕަރޭޝަން" އިން ކުރި ހަނގުރާމައިގެ ކަންކަމާބެހޭ ދިރާސާގައި ހާމަވެފައި ވަނީ ކުރިމަތިލުމަކަށް ހިނގައްޖެެނަމަ ރަޝިޔާ އާއި ޗައިނާގެ މިލިޓަރީ ބާރުތައް ގުޅިގެން ފަސޭހަކަމާއެކު އެމެރިކާގެ ޢަސްކަރިއްޔާ އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށެވެ.ދަ ރޭންގެ ފަރާތުން ދިރާސާކޮށް ހެދި "ސިމިއުލޭޝަން"އިން ހާމަވިގޮތުގައި އެމެރިކާގެ އެއްގަމާއި ކަނޑާއި އަދި ވައިގެ ބާރުތައް ހީވެސްނުކުރާފަދަ ކުއްލިގޮތަކަށް ބަލިކޮށް އެއްކޮށް ވިއްސިވިހާލި ކޮށްލެވިގެންދާނެ އެވެ. ބަޔާންވެދިޔަ ހަނގުރާމައިގެ ދިރާސާކުރި ރޭންޑް ކޯޕަރޭޝަން އަކީ "ނޮން ޕްރޮފިޓް" ޖަމިއްޔާއެއްކަމުން ދިރާސާގައި ވަކި ފަރާތަކަށް ޖެހިފައިވެދާނެ ކަމަށް ޤަބޫލެއް ނުކުރެވެ އެވެ. "ވޯގޭމް" ދިރާސާއިން ދެއްކިގޮތުގައި އެމެރިކާއިން ރަޝިޔާ ނުވަތަ ޗައިނާގެ ބާރުތަކުގެ މައްޗަށް ގަދަވެގަތުމަށް ދޭ ހަމަލާތަކުގައި އެމެރިކާއަށް ހީވެސްނުކުރާފަދަ ބޮޑެތި ގެއްލުމާ ކުރިމަތިލާންޖެހެ އެވެ.


ރޭންޑްގެ އެނެލިސްޓްް ޑޭވިޑް އޮކްމަނެކް ބުނިގޮތުގައި އެމެރިކާއިން ރަޝިޔާއާއި ޗައިނާއާ ހަނގުރާމަކުރާއިރު ކޮންމެ ސިނާރިއޯއެއް ވެސް ނިމިގެންދަނީ އެމެރިކާ އެއްކޮށް ބަލިވެގެންނެވެ. ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބުކޮށްލުމުގައި އެމެރިކާ ފެއިލްވެ އެވެ. އެމެރިކާގެ އެތަކެއް ޢަސްކަރީ ސާމާނުތައް ހަލާކުވެ އެތަކެއް ހާސް ސިފައިން މަރުވެގެންދެއެވެ. ސިމިއުލޭޝަނުން ދެއްކިގޮތުގައި ހަނގުރާމައިގެ ސްޓްރެޓެޖީ ރާވާލެވޭ މައިގަނޑު ފަސް "ޑޯމެއިން" ކަމުގައިވާ އެއްގަމާއ،ި ކަނޑާއި، ވައި އަދި ޖައްވާއި ސައިބަރސްޕޭސްގައި އެމެރިކާއަށް ނާކާމިޔާބީއާއި ހަލާކާއި ކުރިމަތިލާންޖެހެ އެވެ. އެމެރިކާގެ ސްޓެލްތް ފައިޓަރ ޖެޓްތައް ނައްތާލެވިގެންދަނީ ރަންވޭ މަތީގައި ވަނިކޮންނެވެ.


ކުރީގެ ސެކްރެޓަރީ އޮފް ޑިފެންސް ރޮބަޓް ވޯކް އަކީ ހަނގުރާމައިގެ އުކުޅުތަކާއި އެހެނިހެން ކަންކަމުގައި ތަޖުރިބާހުރި ބޭފުޅެކެވެ. އޭނާ ވިދާޅުވާގޮތުގައި އެފް-35 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކަށް ގަދަކަން ދެއްކެނީ އެ ބޯޓުތައް ވައިގެތެރޭ އުދުހެމުންދާއިރު އެވެ. އެކަމަކު އެމެރިކާގެ އެފަދަ ބޯޓުތައް ވައިގެ ތެރެއަށް އުދުއްސާލުމުގެ ކުރިން ގިނަ އަދަދަކަށް ހަލާކުކޮށްލެވިގެން ދެއެވެ. ކަނޑުގައިވާ އެމެރިކާގެ މަނަވަރުފަހަރުތައް ކުއްލިގޮތަކަށް ފައްތާލެވިގެންދާއިރު އެމެރިކާގެ މުހިންމު މިލިޓަރީ ބޭސްތަކާއި އެހެނިހެން ޢަސްކަރީ މަރުކަޒުތައް އަންދާ އަޅިއަށް ހަދާލެވެ އެވެ. ރައްދު ހަމަލާތައް ދިނުމަށް އެމެރިކާގެ އަތުގައި ފުދޭވަރަށް އެއަރޑިފެންސް މިސައިލްތަކެއް ނުހުރެ އެވެ.


ދުރުރާސްތާގެ ޕްރިސިޝަން ގައިޑެޑް މިސައިލްތަކުން އަމާޒުފަތްގަނޑަކަށް ހަދަނީ އެމެރިކާގެ އެއަރކްރާފް ކެރިއާތަކާއި އެއަރފޯސް ބޭސްތަކެވެ. އެމެރިކާގެ ޓޭންކް ބްރިގޭޑްތަކަށާއި ހެލިކޮޕްޓަރުތަކާއި ޑްރޯންތަކަށް ކްރޫސް މިސައިލްތަކުން ހަމަލާދީ އެތަކެތި އިނދަޖައްސާލަ އެވެ. ފިއުލް ޓޭންކްތަކާއި ރަންވޭތަކަށް ބަރޯސާވެގެން ހިންގާ އެމެރިކާގެ ހުރިހާ އުޅަނދުފަހަރެއްގެ ބާރުތައް ކަނޑުވާލާނެކަމަށް ރޮބަޓް ވޯކް ވިދާޅުވެފައި ވެއެވެ.


ޗައިނާގެ "ސިސްޓަމް ޑިސްޓްރަކްޝަން ވޯފެއަރ" ބޭނުންކޮށްގެން އެމެރިކާގެ ސައިބަރ ހަނގުރާއިގެ ސާމާނުތައް ހުއްޓުވާލަ އެވެ. އޮކްމަނެކް ބުނާގޮތުގައި މިގޮތުން އެމެރިކާގެ ސެޓްލައިޓްތަކާއި ވައިލެސް ނެޓްވޯކްތައް ޗައިނާގެ ޢަސްކަރިއްޔާއިން ޙިޞޯރުކުރާނެ އެވެ. ރަޝިޔާގެ އެސް-400 އެއަރޑިފެންސް ސިސްޓަމަކީ އެމެރިކާއިން ވަރަށް ޖެހިލުންވާ އަދި އެއާ އެއްފެންވަރުގެ ނިޒާމެއް އުފެއްދުމަށް އެމެރިކާ ނުކުޅެދިފައިވާ ދިފާއީ ނިޒާމެކެވެ. ނިޔުކްލިޔަ ހަނގުރާމައެއް ފެށިއްޖެނަމަ ރައްޔިތުން ހިމާޔަތްކުރުމުގެ ގޮތުން އެމެރިކާއަށް އެޅެންހުރި ފިޔަވަޅުތައް ވެސް ރަޝިޔާފަދަ ޤައުމުތަކާއި އަޅާބަލާއިރު ހުރީ މާ ދަށްފެންވަރެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު