
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
3 months ago
ޒަކާތު ފަންޑުގެ ދަށުން މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި ހުޅުވާލައިފިއެވެ. މިފުރުޞަތު އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފިއެވެ.
މި އުސޫލުގެ ދަށުން ދެކޮޅު ޓިކެޓުގެ ޚަރަދު، ކޯހުގެ ޓިއުޝަންފީ، ވިސާގެ ާޚަރަދު، ކޯސް ރެޖިސްޓްރޭޝަން ޚަރަދު، ހެލްތް އިންޝުއަރެންސް، އެސްޓެބްލިޝްމަންޓް އެލަވަންސް، ސްޓައިޕެންޑް، ބުކް އެލަވަންސް އަދި ޑިޕާޗަރަ އެލަވަންސް ލިބޭގޮތަށްވަނީ ހަމަޖައްސާފައި ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޒަކާތު ފަންޑުގެ ސްކޮލާޝިޕް ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރައްޔިތެއް ކަމުގައިވުމާއި އިސްލާމީ ޝަރީއާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުމާއި މާލީ ގޮތުން ފުދުންތެރިކަމެއް ނެތް ޒަކާތް ލިބުން ހައްގުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައިވުން އަދި ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 (ފަހެއް) އިން ފެށިގެން ލެވެލް 10 (ދިހައެއް) ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުމުގެ އިތުރަށް ޚާއްސަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން، ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައިވުން ހިމެނެއެވެ. މީގެ އިތުރުން ޒަކާތު ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެހީއަށް އެދޭ ފޯމް މިނިސްޓްރީގެ ކައުންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރުފަހު 13:30 އަށް ލިބެންހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް http://islamicaffairs.gov.mv އިންވެސް ފޯމު ޑައުންލޯޑުކުރެވޭނެއެވެ.
މި ފުރުސަތަކީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް އެހީތެރިވުމުގެގޮތުން ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ.